އިތުރު އަންހެނަކު ނިޔާވެ، އަދަދު 57 އަށް

ޚަބަރު ފަހުގެ

ކޯވިޑް ޖެހިގެން ފަރުވާދެމުން ދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.

އެޗްއީއޯސީން ވިދާޅުވީ މި ބަލީގައި ނިޔާވެފައިވަނީ އުމުރުން 78 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. އެޗްއީއޯސީން ވިދާޅުވީ ނިޔާވި މީހާއަކީ އައިޖީއެމްްއެޗްގެ އިމަރޖެންސީއަށް ރޭގެ 8:12 ހާއިރު ގެނައި މީހެއްކަމަށެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެނައިއިރުވެސް ނިޔާވެފައިވާކަމަށާއި، އަދި އޭނާ ކޯވިޑް ޕޮޒިޓިވްވެފައިވާކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 57 ވަނަ މީހާއެވެ. އޭގެ ތެރޭގައި ހިމެނެނީ 49 ދިވެހިންނާއި، 8 ބިދޭސީންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ