24 ގަޑިއިރުގެ ތެރޭގައި ކޮވިޑުގެ ދެ މަރު! މިމަހު ޖުމުލަ ހަ މަރު!

ޚަބަރު ފަހުގެ

ރާއްޖޭގައި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް ޖެހިގެން ދެ މީހަކު މަަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރޭ ދަންވަރު 3:46 ގައި އުމުރުން 59 އަހަރުގެ ދިވެހި އަންހެނަކު ކޮވިޑް ބަލީގައި މަރުވެފައިވާ ކަމަށެވެ. އެމީހާއަކީ ރޭ ދަންވަރު 3:17 ގައި އައިޖީއެމްއެޗްގެ އެމަޖެންސީއަށް ގެންދެވުނު މީހެއް ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

މިއީ ރާއްޖެއިން ކޮވިޑު ބަލީގައި މަރުވި 58 ވަނަ މީހާ އެވެ.

ކޮވިޑު ބަލީގައި ރޭ ވެސް ވަނީ ދިވެއްސަކު މަރުވެފައެވެ. އައިޖީއެމްއެޗްގެ އެމަޖެންސީއަށް ގެންދިއުމުގެ މަގުމަތީގައި ރޭ 8:12 ގައި މަރުވީ އުމުރުން 78 އަހަރުގެ ދިވެހި އަންހެނެކެވެ.

މިމަހު ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު މިވަނީ ހަޔަކަށް އަރައިފައެވެ. އެ އެންމެންނަކީ ވެސް ދިވެހިންނެވެ. އޭގެ ތެރެއިން އެކަކު މަރުވެފައިވަނީ ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ.

މިހާތަނަށް މި ބަލީގައި ރާއްޖޭގައި މަރުވެފައިވަނީ 51 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ