ތުއްތުކުއްޖާ ރޭޕުކުރި ކާފައާއި މުނިކާފަ ދަޢުވާއަށް އިންކާރުކޮށްފި

ޚަބަރު އިޖުތިމާޢީ ފަހުގެ

ގއ.ކަނޑުހުޅުދޫގައި ޢުމުރުން 2 އަހަރުނުވާ ތުއްތުކުއްޖަކަށް ޖިންސީ ގޯނާކޮށް އެކުއްޖާ ރޭޕުކުރި  އެކުއްޖާގެ ކާފައާއި މުނިކާފަވެސް ދަޢުވާއަށް އިންކާރުކޮށްފިއެވެ

މިއަހަރު ޖަނަވަރީ މަހުގެ ތެރޭގައި މުޅި ރާއްޖޭގެ ސަމާލުކަމަށް މިމައްސަލައައީ އެކުއްޖާގެ މައިފުށުގެ ޢާއިލާގެ ފަރާތުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެކުއްޖާއަށް ޖިންސީ އަނިޔާކޮށްފައިވާ މައްސަލަ ހުށަހެޅުމާއެކު މުޅި ޤައުމުގެ ސަމާލުކަން މިމައްސަލައަށް ހުއްޓިގެން ދިޔައެވެ. 

އިޝްތިހާރު
އިޝްތިހާރު

މިމައްސަލާގައި އެކުއްޖާގެ ކާފަ، ޢުމުރުން 62 އަހަރުގެ އިބްރާހީމް ދީދާއާއި ކުއްޖާގެ މުނިކާފަ، ޢުމުރުން 82 އަހަރުގެ ޙަސަން މޫސާދީދީއެވެ. މިދެމީހުންގެ ހައްޔަރުކޮށް ތަހުޤީޤު ހިންގައި މިދެމީހުންގެ މައްޗަށް ދަޢުވާކުރަން ފޮނުވާފައިވަނީ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. 

މިދެމީހުންވެސް ޝަރީޢަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން ނިންމާފައިވެއެވެ. މިހާތަނަށް މިދެމީހުންގެ މައްޗަށް ކުރެވޭ ދަޢުވާއާ ގުޅިގެން 2 ޝަރީޢަތެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އިބްތިދާއީ އަޑުއެހުން ބާއްވާފައިވާ ކަމުގައި ޕީޖީން ބުނެފައިވެއެވެ. 

އިބްތިދާއީ އަޑުއެހުމުގައިވެސް ދެ މުއްތަހަމުންވެސް ދަޢުވާއަށް އިންކާރުކޮށްފައިވެއެވެ. އެއަޑުއެހުމުގައި ދެ މީހުންވެސް ވަކީލަކު ހަމަޖައްސައިދިނުމަށް އެދުނު ކަމަށްވެސް ޕީޖީން ބުނެފައިވެއެވެ. އެދެ މީހުންނަށް ވަކީލުން ހަމަޖެއްސުމުގެ ފުރުޞަތު ދިނެވެ.

ދެވަނަ އަޑުއެހުމެއް ބާއްވާފައިވަނީ ފާއިތުވި މާޗު މަހުގެ 16 ވަނަ ދުވަހުއެވެ. އެއަޑުއެހުމުގައި އެމީހުންގެ ފަރާތުން ވަކީލަކުވެސް ހާޒިރުވެފައިވެއެވެ. އެއަޑުއެހުމުގައިވެސް ދެ މީހުންވަނީ އެމީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާއަށް އިންކާރުކޮށްފައެވެ. 

މިމައްސަލައަކީ ކުޑަކުއްޖެއްގެ ކަރާމަތާ ގުޅުން ހުރި މައްސަލައެއް ކަމުގައިވާތީ މިފަދަ އެހެންވެސް ހައްސާސު މައްސަލަތަކާ އެއްގޮތަށް މިމައްސަލަ ކުރިއަށް ގެންދަނީ ހުޅުވައިނުލައެވެ. 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ