ހިޔާނާތުގެ މައްސަލައަކާ ގުޅިގެން ދެ ބިދޭސީން ހޯދަނީ

ޚަބަރު ފަހުގެ

ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ހިޔާނާތުގެ މައްސަލައެއްގެ ތުހުމަތުގައި ދެ ބިދޭސީން ހޯދުމަށް ފުލުހުން މަސައްކަތް ކުރަމުން އެބަ ދެއެވެ.

އެގޮތުން، ހޯދަމުންދާ ދެ ބިދޭސީންނަކީ ތާރާ މިއަ (38އ) އާއި ކަމާލް (36އ) ކަމަށް ފުލުހުން ހާމަކުރެއެވެ. މި ދެމީހުންނަކީވެސް ބަންގްލަދޭޝްގެ ރައްޔިތުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މިދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ