މާލޭ ވިޔަފާރި ބަނދަރުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އިމްރާން ނިޔާވެއްޖެ

ޚަބަރު ފަހުގެ

މާލޭ ވިޔަފާރި ބަނދަރުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ހދ. ނޮޅިވަރަމް، ނައިޓްޑްރީމް އިމްރާން އަލީ 28އ، ރޭގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.

ޢިމްރާން ނިޔާވީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގެ، އައިސީޔޫ ގައި ފަރުވާދެމުންދަނިކޮން، ރޭ މެންދަމު 1:30 އެހާކަށް ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޓާފް ކާޕެޓް ރޯލްތަކެއް ކެރޭނަކުން ޕިކަޕަށް ލޯޑުކުރުމުގެ ތެރޭގައި ކާޕެޓް ރޯލެއްގެ ފުރޮޅާފައި އޭގެ ދަށުވެ ޢިމްރާނަށް އަނިޔާވެފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައެވެ. އެއާއެކު ޢިމްރާނަށް ފަރުވާދޭން ފަށާފައިވަނީ އައިޖީއެމް ހޮސްޕީޓަލުންނެވެ. އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ބަދަލުކުރީ މި ދިޔަ ހޯމަ ދުވަހުގެ ހެނދުނެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ