ﷲ ކުރިމަތިކުރައްވާ ބަލިމަޑުކަމަކީ ކުދި ފާފަތަކަށްވާ ކަށްފާރާއެއް: ޚުތުބާ

ފަހުގެ ދީން

މާތް ﷲ މުއުމިނުންނާއި ކުރިމަތިކުރައްވާ ބަލިމަޑުކަމަކީ އެބައިމީހުންގެ ކުދި ފާފަތަކަށްވާ ކަށްފާރާއެއް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

ޚުޠުބާގައި ބުނީ މިއަދު ހުރިހާ އިންސާނުން ތަހައްމަލްކުރަމުންދާ ހާލަތަކީ، ފަހުގެ ތާރީޚެއްގައި ދުނިޔެ ނުދެކޭ ވަރުގެ ހިތްދަތިކަމާއި ބަލިމަޑުކަމާއި، ތަދުމަޑުކަމާއި ނުތަނަވަސްކަމުގެ ހާލަތެއް ކަމަށެވެ. އަދި ފެތުރެމުންދާ ވަބާގެ ނުރައްކާތެރިކަމުން ސަލާމަތްވުމަށްޓަކައި ﷲގެ ހަޟްރަތުން ރައްކާތެރިވުމަށް އެދޭ ހާލު އަޅުކަން ކުރުމާއި ބޭނުން ޖެހިފައިވާ މީސްތަކުންނަށް އެހީތެރިކަން ފޯރުކޮށްދީ ނަސޭހަތާއި އިރުޝާދު ދިނުމުގައި ދެމިތިބުމަށް ވެސް ހުތުބާގައި ގޮވާލާފައި ފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި މިފަދަ ބަލިމަޑުކަމެއްގައި އުޅޭއިރު، އަމިއްލަ ނަފްސާއި، ތިމާގެ އަޚާ ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ވާޖިބު ކަމުގައި ވެސް ބުނެފައި ވެއެވެ. އެހެންކަމުން ކޮންމެ މީހަކުވެސް ނަމާދަށާއި ހުކުރު ނަމާދުގެ ޖަމާޢަތަށް އަންނައިރު މާސްކް އަޅައިގެން މުސައްލަ ހިފައިގެން އައުމަށް ތަކުރާރުކޮށް ޚުޠުބާގައި ހަނދާންކޮށްދީފައި ވެއެވެ.

މީގެ އިތުރުން ހުރިހާ ނުރައްކަލުން ސަލާމަތްވުމަށް އޮތް މަގަކީ ﷲއަށް ބިރުވެތިވުން ކަމަށާއި މިއަދު ހަލުވި ކަމާއެކު ފެތުރެމުންދާ ވަބާގެ ސަބަބުން އިންސާނުންނަށް ކުރަމުންދާ އެންމެހާ ނުރަނގަޅު އަސަރުތަކުން ސަލާމަތްވުން އޮތީ ސަބަބުތަކުގައި ހިފުމާއެކު، ﷲގެ ރަހްމަތްފުޅުން ކަމަށް މިއަދުގެ ޚުޠުބާގައި ބުނެފައި ވެއެވެ. އަދި ދުނިޔަވީ ހަޔާތުގައި އަންނަ ކޮންމެ ހިތްދަތި ކަމަކަށްފަހު އެތައް ފަސޭހަކަމެއް އަންނާނެކަމަށް ﷲ ވައުދުވެވަޑައިގެންފައިވާ ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ