އެއްދާން ކުރުމަށްފަހު (ނިދުމުގެ ސަބަބުން) ހިނައި ތާހިރު ނުވެވި ހުއްޓާ ޙައިޟު ވެއްޖެނަމަ، ހިނައިގަންނަން ޖެހޭނީ ޙައިޟު ރަނގަޅު ވުމުން ދެކަމަށް ވަކިންތޯ ނުވަތަ އެކީގަތޯ؟

ފަހުގެ ދީން

އޭނާ ޖުނުބުގެ ހިނައިން ހިނައި ގަންނާނީއެވެ. ޖުނުބުގެ ހިނެއުމުން ހިނައި ގަތީމާ ޖުނުބުވެރިޔާގެ މައްޗަށް ޙަރާމް ވާ ކަންކަން އެހިސާބުން އޭނާއަށް ކުރެވޭނެއެވެ. އެކަމަކު ހައިޟުވެރިޔާގެ މައްޗަށް ޙަރާމްވާ ކަންކަން ދެމިއޮންނާނެއެވެ. މިސާލަކަށް މުސްޙަފުގައި ބީހުމަކާއި ނުލާ ޤުރްޢާން ކިޔެވޭނެއެވެ. އެކަމަކު ޖުނުބުގެ ޙާލަތުގައި ދެމި ހުރެއްޖެނަމަ މުޞްޙަފުގައި ބީހުމަކާ ނުލައިވެސް ޤުރްއާނެއް ނުކިޔެވޭނެއެވެ. އެހެންވީމާ ޙައިޟު ނިމެންދެން މަޑު ނުކޮށް ޖުނުބުން ހިނައި ގަންނާނީއެވެ. ދެން ހައިޟު ނިމުނީމަ ހައިޟުން ހިނައި ގަންނާނީ އެވެ. އެހެންނޫނީ ޖެހޭނީ ހައިޟު ނިމެންދެން ހަމަ ޖުނުބުގެ މަތީގައި ދެމި ހުންނާށެވެ.

އުސޫލެއްގެ ގޮތުން ބަލާއިރު ޙައިޟު ނިމުމުން، ދެކަމަށް އެއްކޮށް ނިޔަތް ގަނެ އެއް ހިނެއުމަކުން ހިނައި ގަތީމަވެސް ޞައްޙަވާނެއެވެ. އެކަމަކު މިޙާލަތުގައި އަމަލު ކުރާނެ އެންމެ ރަނގަޅު ގޮތް މި ބުނެދިނީއެވެ.

އިޝްތިހާރު
އިޝްތިހާރު

ޖަވާބު ދެއްވީ: ޝެއިޚް މުޙައްމަދު ޝާފިޢު

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ