ކޮވިޑް ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެ

ޚަބަރު ފަހުގެ

ކޮވިޑް-19 އަށް ފައްސިވެގެން ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

އެޗްއީއޯސީ އިން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ 62 އަހަރުގެ ފިރިހެނަކު ނިޔާވީ ރޭ ފަތިހު 05:06 ގައި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 62 އަށް އަރާފައެވެ.

ކޮވިޑް ޖެހިގެން ހަމައެކަނި ފެބްރުއަރީ މަހު ރާއްޖެ އިން މިވަނީ ދިހަ މީހުން ނިޔާވެފައެވެ. އެހެންކަމުން ފެބްރުއަރީ މަހަކީ މިހާތަނަށް ރާއްޖެ އިން އެންމެ ގިނަ މީހުން ކޮވިޑް ޖެހިގެން ނިޔާވި މަހެވެ.

ރާއްޖެ އިން މިހާތަނަށް ނިޔާވި މީހުންގެ ތެރެއިން 54 މީހުންނަކީ ދިވެހިންނެވެ. ބިދޭސީންގެ އަދަދަކީ އަށެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ