މުލީގައި ޑޮމެސްޓިކް އެއަރޕޯޓްއެއް ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ޚަބަރު ފަހުގެ

މ. މުލީގައި ޑޮމެސްޓިކް އެއަރޕޯޓްއެއް ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މިއަދު ދިވެހިރާއްޖޭގެ އަޑުގެ ސެކަނޯ މާލަމުގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި، އެއަޕޯޓް މަސައްކަތް މިހާރު ހިއްކާފައިވާ ބިމުގެ އިތުރަށް ބޭނުންވާ ބިން ހިއްކުމާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

މި މަސައްކަތުގެ ދަށުން،1200 މީޓަރުގެ ރަންވޭއެއް ހެދުމާއި ޓަރމިނަލް ބިލްޓިންގް ހެދުން ހިމެނެއެވެ. އަދި އެއަރޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ޤާއިމުކުރުން ވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަޝްރޫޢުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާޠިމަތު ޝާނާ ފާރޫޤްއެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕަބްލިކް ލިބިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަލްފާޟިލް އާދަމް އާޒިމްއެވެ.

މިއީ 221،733،478.22 ރުފިޔާގެ މަޝްރޫޢުއެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ