ދިއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ފަށަން ތައްޔާރުވެއްޖެ

ޚަބަރު ފަހުގެ

ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ފަށަން ތައްޔާރުވެފައިވާ ކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެ ކުންފުނިން މިއަދު ހާމަކޮށްފައިވާ ގޮތުގައި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ކުންފުނީގެ ޓީމާއި މެޝިނަރީ، 25 ފެބްރުއަރީ 2021 ވަނަ ދުވަހު އަދި 28 ފެބްރުއަރީ 2021 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ވަނީ މޮބިލައިޒްކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

މި މަޝްރޫއުގެ ދަށުން ޖިއޯ، ބޭގްސް ޖަހައިގެން ދިއްދޫ ގިރާ ސަރަހައްދުން 310 މީޓަރުގެ ގޮނޑުދޮށް ހިމާޔަތްކުރެވޭނެއެވެ. ދިއްދޫއަކީ އެންވަޔަރަމަންޓް މިނިސްޓްރީއިން އެކުލަވާލާފައިވާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ކުއްލި ހާލަތު ދިމާވެފައިވާ ރަށް ރަށުގެ ލިސްޓްގައި ހިމެނޭ ރަށެކެވެ. މިއީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 10.02 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ