މިއަހަރުގެ އޭއެފްސީ ކަޕުގެ ދެކުނު އޭޝިޔާގެ ޓީމްތަށް ހިމެނޭ ގްރޫޕްގެ މެޗުތަށް ރާއްޖޭގައި

ކުޅިވަރު ފަހުގެ

2021 ވަނަ އަހަރުގެ އޭއެފްސީ ކަޕް ފުޓުބޯޅަ މުބާރާތުގައި ދެކުނު އޭޝިއާގެ ޓީމުތައް ހިމެނޭ ގްރޫޕުގެ މެޗުތައް ރާއްޖޭގައި ބޭއްވުމަށް ރާއްޖޭގެ ފުޓްބޯޅަ މައި އިދާރާ ފުޓްބޯލް އެސޯސިއޭޝަން އޮޮފް މޯލްޑިވްސް ( އެފްއޭމް ) އިން ކުރި ބިޑު ކާމިޔާބުކޮށްފިއެވެ.

ރާއްޖެއިން މި ބިޑު ކާމިޔާބުކުރީ އަވައްޓެރި އިންޑިއާ އާއި ވާދަކޮށްގެންނެވެ. މި ބިޑު ކާމިޔާބުކުރި ކަން ހާމަކުރެއްވީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

އިޝްތިހާރު
އިޝްތިހާރު

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އޭއެފްސީން ނިންމާފައިވަނީ މުބާރާތުގެ މެޗުތައް ސެންޓްރަލައިޒްކޮށް އެއް ދަނޑެއްފައި ކުޅުމަށެވެ. މިދިޔަ މުބާރާތްވެސް ބާއްވަން ރާއްޖެއިން ބިޑުކުރި އެވެ. ނަމަވެސް އޭއެފްސީން ވަނީ އެންމެ ފަހުވަގުތު މުބާރާތް ކެންސަލްކޮށްފައެވެ.

ދެކުނު އޭޝިއާއަށް ހާއްސަ ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އިންޑިއަގެ އޭޓީކޭ މޯހަން ބަގަން އާއި ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އެވެ. މި ގްރޫޕުގެ ދެން އޮތް ޖާގަ ކަށަވަރުވަނީ ކޮލިފައިން ބުރުން ކުރިހޯދާ ޓީމަކަށެވެ. ކޮލިިފައިންގައި ވާދަކުރާ ޓީމުތަކަކީ ރާއްޖޭގެ އީގަލްސް އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީގެ އިތުރުން އިންޑިއާގެ ބެންގަލޫރު އެފްސީއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ