ބާންލީ އަތުން އާސެނަލަށް ޕޮއިންޓެއް

ކުޅިވަރު ފަހުގެ

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ބާންލީ އާއި އާސެނަލް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ބާންލީގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު އާސެނަލުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން ހަވަނަ މިނެޓުގައި ވިލިއަން ދިން ޕާހަކުން އާސެނަލަށް ލީޑު ނަގައިދިނީ އެ ޓީމުގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަންއެވެ. އެކަމަކު މެޗުގެ 39 ވަނަ މިނެޓުގައި އާސެނަލުގެ ގްރޭނިޓް ޝާކާ ހެދި ގޯހެއްގެ ފައިދާ ނަގައި، ކްރިސް ވުޑް ކާމިޔާބުކުރި ލަނޑުން ބާންލީން ވަނީ މެޗުގައި ނަތީޖާ އެއްވަރުކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފުގެ މެދުތެރެއިން އޭރިއާ ތެރެއިން ބާންލީގެ އެރިކް ޕީޓާސްގެ އަތުގައި ބޯޅަ ޖެހުމުން އާސެނަލުން ޕެނަލްޓީއަކަށް އެޕީލްކުރި ނަމަވެސް، ރެފުރީ ޕެނަލްޓީއެއް ދީފައެއް ނުވެއެވެ. އަދި މެޗު ނިމެން ގާތް ވެފައި ވަނިކޮށް އާސެނަލުގެ ނިކޮލަސް ޕެޕޭ ފޮނުވާލި ހަމަލާއެއް، ގޯލު ރޮނގުމަތިން ޕީޓާސް ދިފާއުކުރިއިރު، އެ ބޯޅަ އޭނާގެ އަތުގައި ޖެހުނު ކަމަށް ނިންމައި، ރެފުރީ ވަނީ ޕީޓާސްއަށް ރަތް ކާޑެއް ދައްކައި، އާސެނަލަށް ޕެނަލްޓީއެއް ދީފައެވެ. އެކަމަކު ޕީޓާސްގެ ކޮނޑުން އެ ބޯޅަ ދިފާއުކުރުމުން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ރެފުރީ ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.

މި ނަތީޖާއާއެކު އާސެނަލް އޮތީ ތާވަލުގެ 10 ވަނައިގައި ކުޅުނު ކުޅުނު 27 މެޗުން ލިބުނު 38 ޕޮއިންޓާއެކުއެވެ. އަދި އާސެނަލް ހިފެހެއްޓުވި ބާންލީ އޮތީ ތާވަލުގެ 15 ވަނައިގައި 28 މެޗުން 30 ޕޮއިންޓާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ