ބާރަށުން ފައްސިވި މީހުންގެ އަދަދު 31 އަށް އަރައިފި

ޚަބަރު ފަހުގެ

ހއ. އަތޮޅު ބާރަށުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 31 އަށް އަރައިފިއެވެ.

ބާރަށުން މިއަދު ފައްސިވެފައިވަނީ އިތުރު ހަ މީހުންނެވެ. އެއަދަދާއެކު މިހާރު އެރަށުން ކޮވިޑަށް ފައްސިވީ މީހުންގެ އަދަދު މިވަނީ 31 އަށް އަރާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ބާރަށުން މިހާރު 31 މީހަކު ފައްސި ވެފައިވާއިރު، އެރަށުގައި 300 އަށްވުރެ ގިނަ ގެ ވަނީ ކަރަންޓީނު ކޮށްފައެވެ.

ކޮވިޑް-19 ފެތުރުމާއި ގުޅިގެން ބާރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ލާފައެވެ. ރަށުގެ އާންމު ހާލަތު މިވަގުތު އަދި ގޯސް ނޫން ކަމަށް އެރަށުގެ ކައުންސިލް ނައިބު ރައީސް ޢަލީ ޝަމީމް ވަނީ ވިދާޅުވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ