އެމްޕީއެލް ސަރަހައްދުގައި މަޖޫރީންތަކެއް މުޒާހަރާކޮށްފި

ޚަބަރު ފަހުގެ

އެމްޕީއެލް ސަރަހައްދުގައި ގިނަ އަދަދެއްގެ މަޖޫރީން މިއަދު އިހުތިޖާޖުކޮށްފިއެވެ. މަޖޫރީން އިހުތިޖާޖު ކޮށްފައިވަނީ އެމްޕީއެލް އިން އަލަށް އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށްފަހު ހެނދުނު މަސައްކަތް ފެށުން ލަސްވާ ކަމަށް ބުނެއެވެ.

މަޖޫރީން އާންމުކޮށް ބަނދަރަށް ވަންނަނީ 9 ޖަހާއިރު ނަމަވެސް، އެމްޕީއެލް އިން ކުރަންޖެހޭ ބައެއް ކަންކަން ނުކޮށް އޮންނާތީ މަޖޫރީންނަށް ބަނދަރަށް ވަދެވެނީ މިހާރު އެއަށްވުރެ ލަހުންނެވެ. ގިނަ މަޖޫރީންގެ ކަންބޮޑުވުމަކީ އެއީ ކަމަށް މައުލޫމާތު ލިބެއެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަދު ކުރިއަށް ދިޔަ މުޒާހަރާގެ ތެރެއިން 4 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެމްޕީއެލް އިން ހާމަކޮށްފައިވާ ގޮތުގައި، މަޖޫރީންގެ މަސައްކަތް ލަސްވަނީ ކޮންޓެއިނާ ޝިފްޓު ކުރާ ވަގުތު ސަލާމަތީ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން މަޖޫރީން ޕޯޓު ތެރެއަށް ނުވައްދާތީ ކަމަށެވެ. ދާދި ފަހުން އެމްޕީއެލްގައި ހިނގި ދެ ހާދިސާއެއްގައި ދެމީހަކު ވަނީ ނިޔާވެފައެވެ. އެމްޕީއެލް އިން ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރީ އެކަމާއި ގުޅިގެންނެވެ.

މީގެ އިތުރުންވެސް އެމްޕީއެލް އިން ވަނީ ރައްކާތެރި ކަމުގެ ބައެއް ފިޔަވަޅުތައް އިތުރުކޮށްފައެވެ. އޭގެ ތެރޭގައި މަޖޫރީންނަށް ހާއްސަ ތަމްރީން ދިނުން ހިމެނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ