ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ފޮނުވައިފި

ޚަބަރު ފަހުގެ ސިޔާސީ

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން މަޖިލީހަށް ވައްދާފައިވާ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލިސް އިދާރާއިން ބުނީ ނޯޓިސް ފޮނުވީ މިއަދު ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އިދިކޮޅު ކޯލިޝަން އިން ވަނީ 11 މެންބަރެއްގެ ސޮއިއާއެކު ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. އެގޮތަށް ހުށަހެޅި ސަބަބެއް ކަމަށް އިދިކޮޅުން ބުނެފައި ވަނީ މި ސަރުކާރުން މަސްވެރިންނަށްވީ ވައުދުތައް ނުފުދި މަސްވެރިންނަށް ދޭންޖެހޭ ހިދުމަތްތައް ދެވިފައި ނުވާތީ ކަމަށެވެ.

އެގޮތުން މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައި ދެވިފައި ނުވާއިރު މަސްވެރިންގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތެއްވެސް ހޯދައި ދެވިފައި ނުވާ ކަމަށް އިދިކޮޅުން ހުށަހެޅި މައްސަލާގައިވެއެވެ. އިދިކޮޅުން ދިވެހި އިގްތިސޯދުގެ ރޫފަ ރަނގަޅު ކުރެވިފައި ނުވާ ކަމަށެވެ. މަސްވެރިކަމުގެ ސިނާއަތުގެ ފައިދާ ބޮޑު ނުކުރެވި މަސްވެރިންނަށް ދުނިޔޭގެ ބާޒާރުގައި ލިބެންޖެހޭ ބޮޑު އަގު ހޯދައި ދެވިފައި ނުވާ ކަމަށްވެސް އިދިކޮޅުން ބުންޏެވެ.

އިދިކޮޅުން ބުނީ މަސްވެރިކަމާއި ގުޅޭ ސަރުކާރުގެ ވައުދުތައް ނުފުއްދައި މަސްވެރިކަން ކުރިއެރުވުމުގެ ޒިންމާ ފިޝަރީޒް މިނިސްޓަރު ޒަހާ އަށް އަދާ ނުކުރެވޭ ކަމަށެވެ. އެކަމަނާ އެ މަގާމުގައި ހުންނެވުމަކީ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތައް އިތުރަށް ނިކަމެތިވެގެން ދާނެ ކަމެއް ކަމަށްވެސް އިދިކޮޅުން ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ