އިންތިހާބުގައި ވާދަކުރުމަށް ފުރުސަތު ހުޅުވާލުމަށް ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ހައިކޯޓުން ހުކުމްކޮށްފި

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލުމުގެ އަމުރަކަށް އެދި ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓަށް ނުބެލޭނެކަމަށް ހުކުމްކޮށްފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލުމުގެ އަމުރަކަށް އެދި ހައި ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ އަމިއްލަ ފަރާތަކުންނެވެ. ދައުލަތުގެ މައްޗަށް ރައްދުވާ މި މައްސަލައިގެ ތެރެއަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ތަދަހުލްވެފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވަނީ ރައްކާތެރި މާހައުލެއް ޤާއިމްވަންދެން އިންތިހާބު ފަސްކުރުމުގެ އަމުރަކަށެވެ. އަދި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަލުން ހުޅުވާލުމުގެ އަމުރަކަށެވެ.

މައްސަލައިގެ ހުކުމް އިއްވަވަމުން ފަނޑިޔާރު ހަސަން ޝަފީއު ވަނީ ޝަރީއަތަށް ފާހަގަކުރެވުނު ކަންކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ފުރަތަމަ ކަމަކަށް ކޯޓުން ބެލީ އިންތިހާބާއި ގުޅޭގޮތުން ހުށަހެޅި މި މައްސަލައަކީ ކޯޓަށް ބެލިދާނެ މައްސަލައެއްތޯ ނުވަތަ ނޫންތޯ ކަމަށެވެ.

ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވީ އެ މައްސަލައަކީ ކޯޓަށް ބެލިދާނެ މައްސަލައެއް ނޫންކަމަށެވެ. އަދި ފަނޑިޔާރު ޝަފީއުގެ ރައުޔަށް ހުރިހާ ފަނޑިޔާރުން ވަނީ އިއްތިފާޤްވެފަ އެވެ.

މި މައްސަލަ ބެއްލެވީ ހައިކޯޓުގެ ފަސް ފަނޑިޔާރުންގެ މަޖިލީހަކުންނެވެ. ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހަސަން ޝަފީއު އެވެ. މި މައްސަލައިގެ ފަަނޑިޔާރުންގެ މަޖިލީހުގައި ދެން ތިއްބަވަނީ އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ