އެޗްޕީއޭގެ ފިޔަވަޅުތަކަކީ ސިޔާސީ ބެރެއްކަން ސާބިތުކޮށްދީފި: ހައިލަމް

ޚަބަރު ފަހުގެ

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ)އަކީ ސިޔާސީ ފަރާތްތަކުން ޖަހަން ގެންގުޅޭ ބެރެއް ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަޙްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް މިހެން ވިދާޅުވެފައިމިވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕެއިނަށް މާލެއިން އަތޮޅުތެރޭ ރައްތަކަށް ކަރަންޓީން ނުވެ ފަސް ދުވަހަށް ދެވޭގޮތަށް އެޗްޕީއޭ އިން ކަނޑައެޅުމާއި ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

“މިވީހާ ދުވަހު ހަރުކަށި އުޞޫލުތައް ތަންފީޒުކުރަމުން ގެންދެވީ ކޮވިޑްގެ ނުރައްކަލެއް އޮވެގެން ނޫނެއް ނޫންތޯ؟ ސިޔާސީ ބޭފުޅުން ޖައްސަވާ ބެރެއްކަން ސާބިތުކޮށްދެއްވީތީ ޝުކުރިއްޔާ!” ހައިލަމް ވިދާޅުވިއެވެ.

ހައިލަމް އިތުރަށް ވިދާޅުވީ، ކެމްޕެނާހުރެ ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަތިވެގެން ރައްޔިތުންގެ ޢާންމު ދިރިއުޅުމާއި ކުދި/މެދު ފަންތީގެ ވިޔަފާރިތައް ބަނގުރޫޓުވާފަދަ ހަރުކަށި އުޞޫލުތައް ތަންފީޒުކުރެވިގެން ނުވާނެ ކަމަށައި ހަރުކަށި އުޞޫލުތައް އަޅަންވާނީ ޚާއްޞަ ހުއްދަ ދެވޭ ބަޔަކާ ދެކޮޅަށް ކަމަށެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ