ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ މިއަދުގެ މެޗަށް ހަނިމާދޫ ދެޓީމު ފުރިހަމައަށް ތައްޔާރު – ނަސްރުލް ﷲ ޠަހާ

ހަނިމާދޫ ކުޅިވަރު ފަހުގެ

ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ މިއަދުގެ މެޗަށް ހަނިމާދޫ ދެ ޓީމު ފުރިހަމައަށް ތައްޔާރު ކަމަށް ދެ ޓީމަށްވެސް ކޯޗުކަން ކޮށްދެއްވާ ނަސްރުލް ﷲ ޠަހާ ވިދާޅުވެއްޖެއެވެ.

ނަސްރުލް ﷲ ޠާހާ މިހެން ވިދާޅުވީ މިއަދު ގޮށްކޮޅަށް ދެއްވި ހާއްސަ އިންޓަވިއުގައެވެ. އޭނާ ވިދާޅުވީ ދެ ޓީމުންވެސް މިއަދުގެ މެޗަށް ނިކުންނަނީ ފުރިހަމައަށް ތައްޔާރުވެގެން، ހުރިހާ ކުދިންވެސް ފިޓުކޮށް ތިބެގެން ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ހަނިމާދޫ ރައްޔިތުންގެ އުންމީދު އަލާވާ ކަހަލަ ނަތިޖާއަކާއިއެކު މިއަދު މެޗު ނިންމާލުމުގެ އުންމީދު އެބަ އޮތް ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ހަނިމާދޫއިން ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތުގައި ވާދަކުރަނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ (އަންހެން) ޓީމާއި ސާއްބަ އެކުވެރި ކުލަބު (ފިރިހެން) ޓީމެވެ.

މިއަދު ހަވީރު 16:20 ގައި ކުޅޭ މެޗުގައި ވާދަކުރާނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އާއި ޓީމް ނޮޅިވަރަމެވެ. 20:30 ގައި ކުޅޭ މެޗުގައި ވާދަކުރާނީ ސާއްބަ އެކުވެރި ކުލަބާއި ވައިކަރަދޫ ވީ ޓީ އެވެ.

ރޭ ވަނީ ހަނިމާދޫ ދެ ޓީމުގެ ޖާރޒީ ހަވާލު ކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައެވެ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ކުޅުންތެރިނަށް ޖާރޒީ ހަވާލު ކޮށްދެއްވީ އަހައްމަދު ޒަރީރުއެވެ. ސާއްބަ އެކުވެރި ކުލަބުގެ ޖާރޒީތައް ހަވާލު ކޮށްދެއްވީ ކައުންސިލްގެ ރައީސް އަބުދުލް ސަލާމް އަލީ އެވެ.

ފޮޓޯ: އަބުދުލްﷲ ނާސިރު
އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ