އުތުރުތިލަފަޅުގެ އެއްބަސްވުން ލީކްކޮށްލައިފި

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

މާލެ އަތޮޅު އުތުރުތިލަފަޅުގައި ހިއްކައިގެން ހަދަން ފަށާފައިވާ ސިފައިންގެ މަރުކަޒުގައި އިންޑިއާ ސިފައިން ބޭތިއްބުމަށް ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރާއިއެކު ވެފައިވާ އެއްބަސްވުން ލީކް ކޮށްލައިފިއެވެ.

އެއްބަސްވުން ލީކް ކޮށްލާފައި ވަނީ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރެވެ. އުމަރު ވަނީ އޭނާގެ ފޭސްބުކް އެކައުންޓްގައި އެއްބަސްވުމުގެ ކޮޕީއެއް އާއްމުކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެއްބަސްވުން ބުނާ ގޮތުން އުތުރު ތިލަފަޅުގައި ތިބޭ އިންޑިއާ ސިފައިންނަށް ހަތިޔާރު ވެސް ގެންގުޅެވޭނެއެވެ. އެގްރިމެންޓްގެ 6.6 ގައި ބުނެފައި ވަނީ “މިއެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި ޑިއުޓީ އަދާކުރާ އިންޑިއާ ސިފައިންނަށް ހަތިޔާރާއި އެނޫން ވެސް އެފަދަ ތަކެތި ގެންގުޅެވޭނެއެވެ. އަދި ފެސިލިޓީގައި ހުންނަ ކޮމިއުނިކޭޝަން ސިސްޓަމްތައް ބޭނުން ކުރެވޭނެ.” ކަމަށެވެ.

އެއްބަސްވުމުގައި ބުނެފައިވާ ގޮތުގައި މިއީ އުތުރުތިލަފަޅު ތަރައްޤީކޮށް އަދި ބަލަހައްޓަން އިންޑިއާއާއި އެކު ވެފައިވާ އެއްބަސްވުމެކެވެ. އެއްބަސްވުމުގައި ބުނެފައިވާ ގޮތުގައި އުތުރު ތިލަފަޅުގައި ކުރާނެ ކަންކަން ނިންމާނީ އިންޑިއާ އާއި ދިވެހި ސިފައިން އެކުވެފައި އުފައްދާފައި އޮންނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިން ކޮމެޓީންނެވެ. މީގެ އިތުރުން އުތުރުތިލަފަޅުގައި މަސައްކަތެއް ކުރަން ކޮންޓެކްޓަރުން ހަމަޖައްސާނީ ވެސް އިންޑިއާ ސަރުކާރުން ކަމަށް އެއްބަސްވުމުގައި ބުނެއެވެ.

(ތަފްސީލް އަންނަނީ)

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ