ހއ. ދިއްދޫ އަމާންވެށިން އިތުރު ބަޔަކު ޕޮޒިޓިވް ވެއްޖެ

ޚަބަރު ފަހުގެ

ހއ.ދިއްދޫ އަމާންވެށިން އިތުރު ބަޔަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. ދިއްދޫ ހޮސްޕިޓަލުން ބުނީ އަމާންވެށީގައި ތިބި 15 ކުދިންނާއި، އެތަނުގައި މަސައްކަތްކުރާ ސްޓާފުން ހިމެނޭ ގޮތަށް ބުދަދުވަހު ނެގި 26 ސާމްޕަލްގެ ތެރެއިން 15 ސާމްޕަލް ޕޮޒިޓިވް ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 11 ކުދިންނާއި، އެކުދިިން ބެލެހެއްޓުމުގައި އުޅޭ 4 މީހެކެވެ. އަދި އެއްވެސް ސީރިއަށް ކޭހެއް ނެތްކަމަށްވެސް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

advertisement

މާރިޗު މަހުގެ 12 ވަނަދުވަހު ދިއްދޫ އަމާންވެށިން ކުއްޖަކު ޕޮޒިޓިވްވުމާއެކު، އެ ކުއްޖާއާއި ކޮންޓެކްޓްވިި ހުރިހާ އެންމެންގެ ސާމްޕަލް ނަގައި އަމާންވެށިން ކުދިންވެސް، ހއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި އައިސޮލޭޓް ކުރެވިފައެވެ. ފުރަތަމަ ކޭހާއެކު އަމާންވެށި ވަނީ ކަރަންޓީނުކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ހއ އަމާންވެށީގައި ތިބެނީ 3 އާއިލާއަކަށް ނިސްބަތްވާ 15 ކުދިންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ