ސުކޫލްތަކުގެ އެއަރކޮންޑިޝަނަރތަށް ތިމާވެއްޓާއި ރައްޓެހި އެއަރކޮންޑިޝަނަރތަކަކަށް ބަދަލުކުރަނީ!

ޚަބަރު ފަހުގެ

ރާއްޖޭގެ ސުކޫލްތަކުގައި ބޭނުން ކުރަމުންދާ އެއަރކޮންޑިޝަނަރތަށް ތިމާވެއްޓާއި ރައްޓެހި އެއަރކޮންޑިޝަނަރތަކަކަށް ބަދަލުކުރަމުގެ މަސައްކަތް ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ސަރުކާރުގެ ސްކޫލުތަކުގައި ހުރި އެޗް.ސީ.އެފް.ސީ 22 ގޭސް އެކުލެވޭ އެއަރކޮންޑިޝަނަރތައް، ތިމާވެއްޓާ ރައްޓެހި އަދި އޯޒޯން ފަށަލައަށް ގެއްލުން ނުދޭ މާއްދާއެއް ބޭނުންކުރާ އެއަރކޮންޑިޝަނަރތަކަށް ބަދަލުކުރުމަށް، އެޑިއުކޭޝަން މިނިސްޓްރީ އާއި އެންވަރމެންޓް މިނިސްޓްރީ އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރެވިފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި ޕްރޮޖެކްޓް ހިންގުމަށް ހިލޭ އެހީގެ ގޮތުގައި 1،125،660 (އެއް މިލިއަން އެއް ލައްކަ ފަންސަވީސް ހާސް ހަ ސަތޭކަ ފަސްދޮޅަސް ރުފިޔާ)ގެ ފަންޑެއް ދިނުމަށް ނިންމާފައިވާ އިރު، މި ފަންޑުން މިބުރުގައި 46 ސްކޫލެއްގައި ހުރި އާރް 22 ގޭސް ބޭނުންކުރާ 142 އެއަރކޮންޑިޝަނަރ ބަދަލުކުރެވޭނެ ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ