ބޭނުން ނުކުރާ އެކައުންޓްތައް ބަންދުކޮށް، އެމްއެމްއޭއަށް ފައިސާތައް ހަވާލު ކުރަނީ – ސްޓޭޓް ބެންކް އޮފް އިންޑިއާ

ޚަބަރު ފަހުގެ

ސްޓޭޓް ބެންކް އޮފް އިންޑިއާގައި ހުޅުވާފައި ހުރި މުޢާމަތް ނުކުރާ އެކައުންޓްތައް ބަންދުކޮށް އެ އެކައުންޓްތަކުގައި ހުރި ފައިސާ މޯމްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ހަވާލުކުރުމަށް އެ ބޭންކް އިން ނިންމައިފިއެވެ.

އެސްބީއައި އިން މިއަދު ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެކައުންޓަކުން އެއްވެސް މުޢާމަލާތެއް ނުކުރާތާ ނުވަތަ ބޭންކަށް ލިޔުމަކުން އެއްވެސް އެއްޗެއް އަންގައިފައިނުވާ 5 އަހަރު ދުވަސް ވެފައިވާ އެކައުންޓަކީ ޑޯމަންޓް އެކައުންޓެއްގެ ގޮތުގައި ބެލެވޭނެ އެކައުންޓެއްކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

advertisement

އެގޮތުން ޑޯމަންޓް އެކައުންޓެއް، ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި އޮތްނަމަ، ނުވަތަ އޮތް ކަމަށް ގަބޫލު ކުރެވޭނަމަ، އެ ފަރާތްތަކުން ބޭންކަށް އެންގުމަށް އެ ބޭންކް އިން ވަނީ ދަންނަވާފައެވެ.

އެގޮތުން ޑޯމަންޓް އެކައުންޓެއް، ސްޓޭޓް އޮފް އިންޑިޔާގައި އޮތް ފަރާތެއް ކަމުގައި ވާނަމަ، އެކައުންޓާމެދު ޢަމަލު ކުރާން ބޭނުންވާ ގޮތެއް އެންގުމަށް cro.sbimale@statebank.com (ސޭވިންގސް އެކައުންޓް) ނުވަތަ operations.sbimale@statebank.com (ކަރަންޓް އެކައުންޓް) މެއިލް ކުރުން ވަނީ އެދިފައެވެ.

މީގެ އިތުރުން ޑޯމަންޓް އެކައުންޓްގެ ތަފުޞީލު، އެ ކަސްޓަމަރަކު އެންމެ ފަހުން ބޭންކަށް ދީފައިވާ އެޑްރެހަށް ވަކިން އަންގަން މަސައްކަތް ކުރަމުންދާކަމަށާއި، 1 ޖޫން 2021 ގެ ކުރިން އެކައުންޓުގެ ވެރިފަރާތުން ބޭންކާ އެއްވެސް މުޢާމަލާތެއް ނުކޮށްފިނަމަ، ބޭންކުން އެފަދަ އެކައުންޓްތައް ބަންދުކޮށް، ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު ގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެފަދަ އެކައުންޓްތަކުގައިވާ ފައިސާ، އެމްއެމްއޭ އާއި ހަވާލުކުރެވޭނެކަމުގައި އެފަރާތުން ވަނީ ވިދާޅުވެފައެވެ.

އެސްބީއައި އިން ވަނީ ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެބޭންކްގެ ރެކޯޑްތަކުން ދައްކާ ޑޯމަންޓް އެކައުންޓްތަކުގެ މަޢުލޫމާތު އާންމުކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ