ދިވެހި ރައްޔިތުންގެ ފައިސާތަކެއް ފޭރިގަތް އައްމަޓީ ރާއްޖެ ގެނެސްފި

ޚަބަރު ފަހުގެ

ފްލެޓް ވިއްކާނެ ކަމަށް ބުނެ ގިނަ އަދަދެއްގެ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ރާއްޖެ ގެނެސްފި އެވެ.

ރާއްޖެއިން އޭނާ ހައްޔަރު ކުރުމަށް ރެޑް ނޯޓިސް ނެރެދިނުމަށް އިންޓަޕޯލްގައި އެދުނީ 2019 ވަނަ އަހަރު އެވެ.

އިޝްތިހާރު
އިޝްތިހާރު

އައްމަޓީ ހައްޔަރުކޮށްފައިވާކަން އިންޓަޕޯލްއިން އަންގާފައިވަނީ މިދިޔަ މަހު އެވެ. އޭނާ ހައްޔަރުކުރީ ލަންކާގައި ފިލައިގެން އުޅެނިކޮށެވެ.

އެނގިފައިވާ ގޮތުގައި އޭނާ ރާއްޖެ ގެނެސްފައިވަނީ ދިވެހި ފުލުހުންގެ ޓީމެއް ލަންކާއަށް ގޮސްގެންނެވެ.

ސީލައިފްގެ ފަރާތުން 180 އަށް ވުރެ ގިނަ މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައިވެ އެވެ. ފައިސާ ނެގި އެކި ފަރާތްތަކާ އެގްރީމެންޓް ވެސް ކުރެވިފައި ވަނީ އެކި ގޮތްގޮތަކަށެވެ. ތިން ރޫމް އެޕާޓްމެންޓް ތިން މިލިއަން ރުފިޔާއަށް ވިއްކުމަށް ބައެއް ފަރާތްތަކާ އެގްރީމެންޓް ކުރިއިރު އަނެއްބައި ފަރާތްތަކާ ތިން ރޫމް އެޕާޓްމެންޓް އެއް މިލިއަން ރުފިޔާ އަށް ވެސް ވިއްކުމަށް އެގްރީމެންޓް ހެދި އެވެ.

ސީލައިފް މައްސަލާގައި އެ ކުންފުނިން ފްލެޓް ގަތް 203 މީހަކު، ފައިސާ އަނބުރާ ނަގައިދިނުމަށް ސިވިލް ކޯޓުގައި ދައުވާކޮށްފައިވެ އެވެ. ކޯޓުން ބޭރުގައި އެ މައްސަލަ ނިންމައި ބަދަލުގެ ގޮތުގައި 43 މިލިއަން ރުފިޔާ ދޭންް އެޗްޑީސީން ވަނީ ނިންމާފަ އެވެ.

ހުޅުމާލެއިން ބޮޑު ބިމެއްގައި 3،000 ފްލެޓް އަޅަން ސީލައިފާ ހަވާލުކުރީ 2014 އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު އެވެ. އެ އަހަރުގެ އޭޕްރީލް މަހު އެ މަސައްކަތް ކުރުމަށްޓަކައި ބިންގާ އަޅުއްވައިދެއްވީ އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ