ފެލިވަރުން 63 މީހަކު ކޮވިޑަށް ފައްސިވެއްޖެ

ޚަބަރު ފަހުގެ

ޅ. ފެލިވަރުން 63 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެރަށުން ކޮވިޑް ވޭދަނަތައް ފެނި އެރަށް ވަނީ މޮނީޓަރިންގއަށް ލާފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެރަށުން މިދިޔަ ހަފްތާ އާދީއްތަ ދުވަހުން ފެށިގެން ދަނީ ފައްސި ވޭދަނަތައް ފެންނަމުންނެވެ. އެގޮތުން އެރަށުން ނައިފަރަށް ދިޔަ މީހަކު ވަނީ މިދިޔަ ހަފްތާ ތެރޭގައި ކޮވިޑަށް ފައްސިވެފައެވެ.

މިހާރު އެ ރަށުން ޖުމްލަ ކޮވިޑަށް ފައްްަސިވި މީހުންގެ އަދަދު އުޅެނީ 66 ގައެވެ.

އެރަށުގައި ކޮވިޑް ފެތުރިފައިވޭތޯ ބެލުމަށް އެރަށަށް ނައިފަރުގައި މަސައްކަތް ކުރާ ހާއްސަ ޓީމެއް ފޮނުވިއެވެ. މައުލޫމާތު ލިބޭގޮތުގައި، އެެއިރު އެރަށުގައި ވަަރަށް ބޮޑަށް ހުމާއި ރޯގާ ދިޔައީ ފަތުރެމުންނެވެ. އެ ފޮނުވި ޓީމުން އެރަށުން ގިނަ އަދަދެއްގެ ސުންކު ނެގިއެވެ.

އެގޮތުން މިދިޔަ ބުދަ ދުވަހު އެރަށުން 104 ސުންކު ނެގިއެވެ. އޭގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބުނީ 88 ސުންކެއްގެއެވެ. އޭގެ ތެރެއިން 22 ސުންކު ވަނީ ނައްސިވެފައެވެ.

އެރަށުގެ އިތުރުން، ނައިފަރުންވެސް ކޮވިޑްގެ ވޭދަނަތައް ދަނީ ފެންނަމުންނެވެ. އެގޮތުން މިހާތަނަށް އެރަށުން ތިން މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިހާރު ވަނީ އެރަށަށް މި މަހުގެ އެއް ވަނަ ދުވަހުގެ ފަށުން ގޮސް، އެނބުރި ރަށްތަކަށް ގޮސްފައިވާ މީހުން 10 ދުވަހަށް ކަރަންޓީންވާން އަންގާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ