ކަނޑުމަތިން ހާލުގައި ޖެހުނު ބަޔަކު ސަލާމަތްކޮށްފި

ޚަބަރު ފަހުގެ

ޅ. ހުރަވަޅި ކައިރީގައި އޮތް ފިނޮޅަކަށް ވެލި ނަގަން ގޮސް ތިބި ތިން މީހަކު މޫސުން ގޯސްވެގެން ހާލުގައި ޖެހިފައި ވަނިކޮށް ސަލާމަތްކޮށްފިއެވެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ބައެއް ސަރަހައްދުތަކުގައި ކަނޑުމަތީގެ ހާދިސާތައް ދަނީ ހިނގަަމުންނެވެ. އަދި ކަމާއި ގުޅުން ހުރި އިދާރާތަކުން ދަނީ މޫސުމަށް ސަމާލުވުމަށް އެދެމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްއެންޑީއެފް އިން ވިދާޅުވީ، ވެލިނަގަން ގޮސް ތިއްބާ މޫސުން ގޯސްވެގެން ހާލުގައި ޖެހުނީ ތިން ބިދޭސީން ކަމަށެވެ. އަދި މި މީހުން ސަލާމަތްކޮށްފައި ވަނީ އެމްއެންޑީއެފްގެ ނައިފަރު ފަޔާ ޓީމް ދަތުރު ކުރަމުންދިޔަ ވަގުތެއްގައި ކަމަށް އެމްްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ މީހުން ހާލުގައި ޖެހިފައި ތިއްބާ ފެނިފައި ވަނީ 14:20 ހާއިރު ކަމަށާއި، އެ މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ