މޫދަށް ފޭބި ސިފައިންގެ މީހަކު ގެއްލިގެން ހޯދަނީ

ޚަބަރު ފަހުގެ

ލ. ކައްދޫ އިރުމަތި ފަރާތު މޫދަށް ފޭބި ސިފައިންގެ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ ލާންސްކޯޕްރަލް ހުސައިން ފާރިޝް އެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްއެންޑީއެފް އިން ވިދާޅުވީ، އޭނާ ގެއްލުނީ އިތުރު ތިން މީހުންނާއެކު މޫދަށް އެރިގެން އުޅެނިކޮށް ކަމަށެވެ.

ފާރިޝް ހޯދުމުގެ މަސައްކަތްތައް މިހާރު އެމްއެންޑީއެފްގެ ޑައިވަރުން ދަނީ ކުރަމުންނެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި، އޭނާ ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 17:40 ހާއިރު އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ