އިންތިހާބަކާއި ނުލައި ޑަބްލިއުޑީސީ އިންތިހާބުގެ 53 ގޮނޑި އެމްޑީޕީ އަށް ކަށަވަރުވެއްޖެ

ޚަބަރު ފަހުގެ

އިންތިހާބަކާއި ނުލައި ކުރިއަށް އޮތް އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ 53 ގޮނޑި އެމްޑީޕީ އަށް ކަށަވަރުވެފައިވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން މިކަން ހާމަކުރެއްވީ ރޭ އެމްޑީޕީން އޮންލައިންކޮށް ރަށްތަކުގެ ކެންޑިޑޭޓުންނާއި ބައްދަލުކުރުމަށް ބޭއްވި “ރަށްވެހި ފަތިސް” ކެމްޕެއިން އިވެންޓުގައި ވާހަކަދައްކަވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން ހަސަން ވިދާޅުވީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން 681 ކެންޑިޑޭޓުން ވާދަކުރާ ކަމަށާއި އޭގެތެރެއިން 53 ގޮނޑި އެމްޑީޕީ އަށް މިހާރު ކަށަވަރުވެފައިވާ ކަމަށެވެ. އަދި ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން 841 ކެންޑިޑޭޓުން ވާދަކުރާއިރު، އޭގެތެރެއިން 21 ގޮނޑި މިހާރު ވެސް އެމްޑީޕީ އަށް ކަށަވަރުވެފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.

އެމްޑީޕީގެ ފަރާތުން މި ދެ އިންތިހާބަށް ޖުމްލަ 1522 ކެންޑިޑޭޓުން ވާދަކުރެއެވެ.

ރޭގެ އިވެންޓުގައި ވަނީ އެމްޑީޕީން ކައުންސިލް އިންތިހާބާ ދިމާކޮށް ތައްޔާރުކުރި ވެބްސައިޓް އަދި ކެމްޕެއިން ލަވައެއް ވެސް ލޯންޗުކޮށްފައެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ