ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ވެބްސައިޓް ލޯންޗުކޮށްފި

ޚަބަރު ފަހުގެ

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ވެބްސައިޓް ލޯންޗުކޮށްފި އެވެ.

މި ވެބްސައިޓު ލޯންޗުކޮށްފައިވަނީ ވަރޗުއަލްކޮށް މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ.

އިޝްތިހާރު
އިޝްތިހާރު

މި ރަސްމިއްޔާތުގައި އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވީ، މިއަދު ފެނިގެންމިދާ މަންޒަރުން ޔުނިވަރސިޓީގެ ޔޫނިއަން ރަނގަޅަށް މަސައްކަތްކުރަމުންދާކަން ޔަޤީން ވެގެންދާ ކަމަށެވެ. އަދި މިއިން ދައްކައިދެނީ ހިންގުންތެރި ބަޔަކު ޔޫނިއަންގެ ހުންގާނުގައި ތިބިކަން ކަމަށެވެ.

advertisement

އޭނާ ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޔޫނިއަންގެ އޮށް ފަޅާ މިހާރު އެ ގަހުގައި މޭވާއަޅާ މަންޒަރު ފެނިގެންދިޔުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށާއި މިއީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ލިބިގެންދާ ކުރިއެރުންތަކެއްކަމަށެވެ.

މީގެ އިތުރުން މިފަދަ ވެބްސައިޓެއްގެ ޒަރީޢާއިން ގިނަ ދަރިވަރުންތަކަކަށް ޢިލްމީ މަޢުލޫމާތުތަކެއް ލިބިގެން ދިއުމަކީ ޢިލްމަށް ކުރެވޭ ޚިދުމަތެއް ކަމަށް ވެސް އޭނާ ވިސދާޅުވި އެވެ. އަދި މިކަމުގެ ފައިދާ އެތަކެއް ދަރިވަރުންނަށް ކުރާނެކަމަށް ވެސް އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރަޖިސްޓްރަރ އަދި ޔޫނިއަންގެ މަސްޢޫލުވެރިޔާ އަޙްމަދު ރައޫފް ވިދާޅުވީ، ޔޫނިއަންގެ ރައީސް އާއި ނައިބުރައީސް މުޅި ޓީމު ގޮވައިގެން ހުންގާނުގައި ތިބެގެން ކުރަމުންދާ މަސައްކަތްތަކަކީ އަގު ނުކުރެވޭފަދަ މަސައްކަތްތަކެއް ކަމަށެވެ. އެހެންކަމުން އެމަސައްކަތްތައް ފާހަގަކޮށް ޝުކުރު ދަންނަވާކަމަށެވެ.

މައިންޑް އަރޓް ޕްރައިވެޓް ލިމިޓެޑުން ފަރުމާކޮށްފައިވާ މި ވެބްސައިޓަކީ ދަރިވަރުންނަށް ޔޫނިއަންގެ އެކި ޙަރަކާތްތަކުގެ މަޢުލޫމާތާއި، ރިސަރޗް ހަދަން ބޭނުންވާ ދަރިވަރުންނަށް ތަފާތު އެކި މަޢުލޫމާތު ލިބިގެންދާނެ ވެބްސައިޓެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ