ގައިދުރުކޮށްގެން ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން އަންގައިފި

ޚަބަރު ފަހުގެ

މާލޭގެ މިސްކިތްތަކުގައި ގައިދުރުކޮށްގެން ޖަމާއަތުގައި ނަމާދު ކުރުން ނިމުމަކަށް ގެނެސްފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މިސްކިތްތަކުގައި ގައިދުރުކަމާއެކު ނަމާދު ކުރަން ނިންމާފައިވާ ނިންމުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“މިއަދު މަގްރިބް ނަމާދުން ފެށިގެން ވަނީ ނިމުމަކަށް ގެނެވިފައި،” މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

މާލޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ އިސްލާމިކް މިނިސްޓްރީގެ އެންގުމުގެ މަތިން މިސްކިތްތަކުގައި ގައިދުރުކޮށްގެން ނަމާދު ކުރަން ފެށީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެންނެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ގޯސްވެ، ގިނަ އަދަދެއްގެ މީހުން ކޮންމެ ދުވަހަކުވެސް ބައްޔަށް ހުށަހެޅެން ފެށުމާއެކު މިސްކިތްތަކުގެ ޖަމާއަތްތައް މެދު ކަނޑާލުމުގެ ބަދަލުގައި ގައިދުރުކޮށް ނަމާދުކުރަން ފެށުމުން ބައެއް އިލްމުވެރިން ކަންބޮޑުވުން ވެސް ފާޅު ކުރިއެވެ.

އެކަމަކު، އިސްލާމިކް މިނިސްޓްރީން އެގޮތަށް ނިންމީ ފަތުވާ މަޖިލީހާއި ދީނީ އިލްމުވެރިންނާއި މަޝްވަރާކޮށް، އޭރުގެ ހާލަތަށް ރިއާޔަތްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް މިނިސްޓްރީން ކުރިން ވަނީ ހާމަކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ