ކެނޑިޑޭޓުންގެ ވަނަވަރު މާދެމާ ގޮށްކޮޅުން އާއްމުކުރަން ފަށަނީ

ހަނިމާދޫ ޚަބަރު ފަހުގެ

10 އޭޕްރީލްގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި ހަނިމާދޫ ކައުންސިލަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ވަނަވަރު ގެނެސްދިނުމުގެ 9 މާރޗުން ފެށިގެން 31 މާރޗުގެ ނިޔަލަށް ގޮށްކޮޅުގެ ފަރާތުން ދިން ދަައުވަތު ގަބޫލުކުރައްވާ ފުރުޞަތުގެ ބޭނުން ހިފި ކެނޑިޑޭޓުންގެ ވަނަވަރު މާދެމާއިން ފެށިގެން ގޮށްގޮޅުން އާއްމުކުރަން ފަށާނެއެވެ.

މިފުރުސަތުގެ ބޭނުން ހިފާފައިވަނީ ޖުމުލަ 5 ކެނޑިޑޭޓުންނެވެ. އެއީ އަމިއްލަގޮތުން ވާދަކުރައްވާ ފާތިމަތު ނާސިރާގެ އިތުރުން ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ އަޙްމަދު ޢަބުދުލް ވާޙިދު، މުހައްމަދު އާދަމް، ނާހިދާ އަލީ އަދި އައިޝަތު ވަހީދާއެވެ.

އިޝްތިހާރު
އިޝްތިހާރު

ވަނަވަރު ގެނެސްދިނުމަށް ހުށަހެޅި ހުށަހެޅުން އެމްޑީޕީ އަދި ޖޭޕީގެ އެއްވެސް ކެނޑިޑޭޓަކު ގަބޫލުކުރައްވާފައިނުވެއެވެ.

މި ދައުވަތު ގަބޫލުކުރައްވާ ރައްޔިތުންނާ ހަމައަށް ވަނަވަރު ގެނެސްދޭ ކަމަށްޓަކައި ދައުވަތު ގަބޫލުކުރެއްވި ހުރިހާ ކެނޑިޑޭޓުންނަށް ގޮށްގޮޅުގެ ފަރާތުން ޝުކުރުއަދާކުރެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ