ކުޅުދުއްފުށީ ސިޓީގައި ކޮވިޝީލްޑް ދެވަނަ ޑޯޒު ދޭން ފަށައިފި

ޚަބަރު ފަހުގެ

ކުޅުދުއްފުށީ ސިޓީގައި ކޯވިޑް-19 ވެކްސިން ކެމްޕެއިންގެ ދަށުން ކޮވިޝީލްޑްގެ ދެވަނަ ޑޯޒު ޖަހަން ފަށައިފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ އެ ސިޓީގައި ކޮވިޝީލްޑް ދެވަނަ ޑޯޒު ޖަހައިދޭން ފެށީ މިއަދު ކަމަށެވެ. ވެކްސިން ޖެހުން ކުރިޔަށް ދަނީ އަމީރު އަމީން ސްކޫލްގައި އެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ހޮސްޕިޓަލުން ބުނީ ކޮވިޝީލްޑް ދެ ވަނަ ޑޯޒު ދިނުމަށް އަދި ހަމަޖައްސާފައިވަނީ ތިން ދުވަހު ކަމަށެވެ. އެއީ މިއަދާއި މާދަމާ އަދި ބުރާސްފަތި ދުވަހު ކަމަށެވެ.

އެ ސިޓީގައި ވެކްސިންގެ ދެވަނަ ޑޯޒު ޖަހައިދެމުންދާން މިދިޔަ ފެބްރުއަރީ އަށްވަނަ ދުވަހުގެ ނިޔަލަށް ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒު ޖެހި މީހުންނަށެވެ. އެ މުއްދަތުުގައިި ވެކްސިން ޖަހާފައިވާ ކޮންމެ މީހަކަށްވެސް އެ ސްކޫލަށް ގޮސް ވެކްސިން ޖެހޭނެ އެވެ.

ދެވަނަ ޑޯޒު ޖަހަން ދާ މީހުން ވެކްސިން ކާޑާއި އައިޑީކާޑު، ލައިސެންސް ކާޑު ނުވަތަ ޕާސްޕޯޓު ގެންދިއުމަށް އިލްތިމާސްކޮށްފައިވެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ ޑެވަނަ ޑޯޒު ޖަހައިދޭ މުއްދަތުގައި ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒު ޖެހުމުގެ ފުރުސަތުވެސް އޮންނާނެ އެވެ.

ކުޅުދުއްފުށީގައި ކޯވިޑް-19 ވެކްސިން ދޭން ފެށީ ރާއްޖޭގައި ވެކްސިން ދޭން ފެށި ދުވަސްކަމަށްވާ ފެބްރުއަރީ އެއް ވަނަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ