މުލަ ރޯދަ ދުވަހަކީ އަންގާރަ ދުވަސް

ޚަބަރު ފަހުގެ

މިހިނގާ 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު މިރޭ ފެނިފައި ނުވާތީ، މާދަމާއަކީ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ 13 އޭޕްރިލް 2021 ވާ އަންގާރަ ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

މިކަން އިއުލާންކޮށްފައިވަނީ ރޯދަ މަހުގެ ހަނދު ސާބިތު ކުރަން މިރޭ ބޭއްވި ޖަލްސާއަށް ފަހު އިއްވެވި ހަނދާބެހޭ ގަރާރުގައެވެ.ހަނދާއި ބެހޭ ގަރާރުގައި ބުނެފައި ވަނީ ރާއްޖޭގެ އެއްވެސް ތަނަކަށް މިރޭ ރަމަޟާންމަހުގެ ހަނދު ފެނިފައި ނުވާ ކަމަށާއި އަދި އިސްލާމީ އެއްވެސް ޤައުމަކަށްވެސް ހަނދު ސާބިތުވެއްޖެކަމުގެ ޚަބަރު ރަސްމީގޮތުން ލިބިފައި ނުވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެހެންކަމުން ރަމަޟާން މަހާއި ޝައްވާލުމަހުގެ ހަނދު ބެލުމުގައި ރާއްޖޭގައި އަމަލު ކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތީން މާދަމާ އަކީ މިހިނގާ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމުގައި ކަނޑައަޅައި، މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ އަންގާރަ ދުވަސްކަމުގައި ކަނޑައަޅާފައިވާ ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ