ދަރުސް ބޭއްވުމުގެ ހުއްދަ ނުފޮނުވި ލަސްވީ އިދާރީ އޮޅުމަކުން: އިސްލާމިކް މިނިސްޓްރީން

ޚަބަރު ފަހުގެ

ކޮންމެ ރޯދަމަހެއްގައި ޖަމްޢިއްޔަތުއް ސަލަފުން ސިލްސިލާކޮށް ގެނެސްދޭ ދަރުސް ޕްރޮގުރާމު ކުރިޔަށް ގެންދިއުމުގެ ހުއްދައަށް މިނިސްޓްރީގައި އެދުމުން، ހުއްދަދޭން ނިންމި ކަމަށާއި ޖަވާބު ދިނުމުގައި ލަސްވެފައިވަނީ އިދާރީ އޮޅުމަކުންކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ޖަމްޢިއްޔަތުއް ސަލަފުން އިއްޔެ ވަނީ އެ ޖަމްޢިއްޔާގެ ފަރާތުން ކޮންމެ ރަމަޟާންމަހަކު ގެނެސްދޭ ޚާއްސަ ސިލްސިލާއާމެދު ގިނަ ފަރާތްތަކަކުން ސުވާލު ކުރަމުންދާ ކަމަށް ބުނެފައެވެ. ނަމަވެސް އިއްޔެގެ ނިޔަލަށް އިސްލާމިކް މިނިސްޓްރީން އެއްވެސް ޖަވާބެއް ލިބިފައި ނުވާކަމަށް ވެސް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ހުއްދައަށްއެދި ޖަމްޢިއްޔަތުއް ސަލަފުން ފޮނުވި ސިޓީ ލިބުމާއެކު ދަރުސް ކުރިޔަށް ގެންދިއުމުގެ ހުއްދަދޭން ނިންމި ކަމަށެވެ.

”ޖަވާބު ދިނުމުގައި ލަސްވެފައިވަނީ އިދާރީ އޮޅުމަކުން. އެކަން އެންގުމާއެކު ދަރުސްތައް ކުރިޔައް ގެންދިއުމުގެ ހުއްދަވަނީ ދީފަ.“ އިސްލާމިކް މިނިސްޓްރީން މިއަދު ކުރި ޓްވީޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ވަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތައް ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދިއުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް ފަހިވެފައި އޮންނާނެ ކަމަށް ވެސް ބުނެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ