ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް މަހްމޫދު ރިޔާޒު

ޚަބަރު ފަހުގެ ސިޔާސީ

ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަގާމަށް މއ.ޑެއިންޓީ މަހުމޫދް ރިޔާޒު އައްޔަނު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަގާމަށް ބޭފުޅަކު އައްޔަނުކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި އަބްދުﷲ ޝަރީފު ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް އައްޔަނުކުރެއްވުމާއި ގުޅިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން މަހުމޫދް ރިޔާޒު ހުންނެވީ ޑެޕިއުޓީ ޗީފް ސްޕްރިންޓެންޑެންޓްގެ ގެ މަގާމުގައެވެ.

މަހުމޫދް ރިޔާޒު ކަސްޓަމްސްގައި 27 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ