ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައެޅި އާ މަންދޫބާއި ޝާހިދު ބައްދަލު ކުރައްވައިފި

ޚަބަރު ފަހުގެ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ މަންދޫބު، ޑރ. ނާޒްނީން އަންވަރު، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދުއާއި ބައްދަލުކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީގައި އޮތް ބައްދަލުވުމުގައި ޑރ. ނާޒްނީންވަނީ އެކަމަނާގެ ލެޓާ އޮފް އެޕޮއިންޓްމަންޓް މިނިސްޓަރު ޝާހިދަށް އަރުވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު އާއި ޑރ. ނާޒްނީންވަނީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ޑަބްލިއު.އެޗް.އޯ.ގެ ދައުރާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ދިވެހި ސަރުކާރާއި ޑަބްލިއު.އެޗް.އޯ.ގެ ގުޅުން އިތުރަށް ބަދަހިކުރުމާބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން ކޯވިޑް-19 ގެ ސަބަބުން ދިމާވި އެތަކެއް ދަތިތަކާއި، ބަލިމަޑުކަމުން އަރައިގަތުމަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީގޮތުން އަޅަމުންގެންދާ ފިޔަވަޅުތަކާބެހޭގޮތުންވެސް މިނިސްޓަރ ޝާހިދުއާއި ޑރ. ނާޒްނީން މަޝްވަރާކުރެއްވިއެވެ.

ކޯވިޑް-19 ދިމާވުމާ ގުޅިގެން ޑަބްލިއު.އެޗް.އޯ.އިން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ދެއްވި އެހީއަށް މިނިސްޓަރ ޝާހިދުވަނީ ޑަބްލިއު.އެޗް.އޯ.އަށް ޝުކުރުދަންނަވާފައެވެ. އަދި މިނިސްޓަރ ޝާހިދުވަނީ މިވަގުތު އޮތް ސިއްހީ ހާލަތުން އަރައިގަތުމަށާއި ބަލިމަޑުކަމުގެ ސަބަބުން ދިމާވާނެ އިޖުތިމާއީ-އިގްތިސާދީ ހީނަރުކަން ކުޑަކުރުމަށް ޑަބްލިއު.އެޗް.އޯ.އިން އަދާ ކުރާ ދައުރު ފާހަގަކުރައްވާފައެވެ.

1965 އިން ފެށިގެން ޑަބްލިއު.އެޗް.އޯ.އިން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްގީއާއި ކުރިއެރުމުގައި ގިނަގުނަ އެހީތަކެއް ފޯރުކޮށްދީފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ