ހަނިމާދޫ ކައުންސިލުން ފިޠުރު ޒަކާތް ގޮވާމުންނާއި ފައިސާއިން ބަލައިގަންނާނެ

ހަނިމާދޫ ޚަބަރު ފަހުގެ

1441 ވަނަ އަހަރުގެ ފިޠުރު ޒަކާތް ގޮވާމުންނާއި ފައިސާއިން ބަލައިގަތުމުގެ އިންތިޒާމް ހަނިމާދޫ ކައުންސިލުން ހަމަޖައްސައިފިއެވެ.

ފިޠުރު ޒަކާތް ބަލައިގަތުމާއި ބެހޭ ގޮތުން ގޮށްކޮޅަށް މައުލޫމަތު ދެއްވަމުން ކައުންސިލުގެ ޒިންމާދާރުވެރިޔާ އިބްރާހިމް ޢަލީ ވިދާޅުވީ 27 ރަމަޟާން 1442 (09 މެއި 2021) ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ފިޠުރު ޒަކާތް ގޮވާމުންނާއި ފައިސާއިން ބަލައިގަންނާނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު 12:00 އަށް ޒަކާތް ބަލައިގަތުން ކުރިޔަށްދާއިރު ފައިސާއިން ޒަކާތް ދައްކާނަމަ ވަކިލާރީގެ ކަންތައް ހަމަޖައްސަވައިގެން ވަޑައިގެންދެއްވުން ވަރަށްބޮޑަށް އެދެން” އިބުރާހިމް ޢަލީ ވިދާޅުވިއެވެ.

ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ގޮވާމުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރު ތެރޭގައި އާންމުކޮށްކައި އުޅުނު ބާވަތަކުން (ގޮވާމުން) އެ ރަށެއްގައި 2.4 ކިލޯގެ މިންވަރަށެވެ. ނުވަތަ އެ އަދަދަށްވާ ފައިސާއެވެ.

ރުފިޔާއިން ޒަކާތް ދައްކާނަމަ، ދައްކަންޖެހޭނީ

  1. އާދައިގެ ހަނޑުލުންނަމަ މީހަކަށް 11.40 ރ
  2. ތައިލެންޑް ހުދު ހަނޑުލުންނަމަ މީހަކަށް 32.20 ރ
  3. ބާސްމަތީ ހަނޑުލުންނަމަ މީހަކަށް 88.80 ރ
  4. ރަތް ހަނޑުލުންނަމަ މީހަކަށް 84.00 ރ
  5. އާދައިގެ ފުއްނަމަ މީހަކަށް 9.00 ރ
  6. އާޓާ ފުއްނަމަ މީހަކަށް 55.20 ރ
އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ