މައިމީހާއަށް ކޮވިޑް ޖެހިފައި ހުއްޓައި ވިހޭ ތިން ކުއްޖަކު ވެންޓިލޭޓަރުގައި، ހާލަތު ގޯސް!

ޚަބަރު ފަހުގެ

ކޮވިޑް-19 ޖެހިފައި ހުއްޓައި މައިމީހާ ވިހެއުމުގެ ސަބަބުން މިއަދު ލިބުނު ކުދިންގެ ތެރެއިން ތިން ކުއްޖަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށް އައިޖީއެމްއެޗުގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ކޮވިޑަށް ޕޮޒިޓިވްވާ ކުޑަކުދިންގެ މައުލޫމާތު ހިއްސާ ކުރައްވަމުން ގެންދަވާ ޑރ. ފައިސަލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ތިން ކުދިންނަކީވެސް މިއަދު ވިހޭ ކުދިން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އެކުދިން ކޮވިޑް-19 އަށް ނެގެޓިވްވި ނަމަވެސް ކޮންޓެކްޓުންނަށްވާތީ، ފަރުވާ ދޭން ޖެހެނީ ވަކިކޮށްގެން ވަކި ކިއުބިކަލްތަކުގައި ކަމަށް ވިދާޅުވިއެވެ.

”އެކަށީގެންވާ ވަރަށް ނަރުހުން، މެޝިން، އެއްޗެހި ނެތް. ހާލަތު ގޯސް،“ ޑރ. ފައިސަލް ވިދާޅުވެފައިވެއެވެ.

ކޮވިޑް-19 ބަލީގެ ނުރައްކާ ބޮޑު މީހުންގެ ތެރޭގައި ބޮޑެތި ބަލިތަކަށް ބޭސް ކުރަމުންދާ މީހުންނާއި އުމުރުން ދުވަސްވީ މީހުން އަދި މާބަނޑު މީހުން ހިމެނެއެވެ. އަދި ދިރާސާތަކުން ދައްކާ ގޮތުގައި މާބަނޑު މީހުންނަށް ކޮވިޑު ޖެހުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް އެމީހުންނަށް ކޮވިޑު ވެކްސިނެއްވެސް ނުދެވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ