ބ.އޭދަފުށިން އިތުރު 5 މީހުން ކޯވިޑް-19އަށް ފައްސިވެ،ޖުމުލަ ޢަދަދު 128 އަށް

ޚަބަރު ފަހުގެ

ބ.އޭދަފުށިން އިތުރު 5 މީހުން ކޯވިޑް-19އަށް ފައްސިވެ، އެރަށުން ފައްސިވި މީހުންގެ ޖުމުލަ ޢަދަދު 128 އަށް އަރައިފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ އިއްޔެ އާއި މިއަދު ނެގި ބައެއް ސާމްޕަލްތަކުގެ ތެރެއިން ކޮވިޑްގެ އިތުރު ފަސް ކޭސް ފެނިފައިވާކަމަށެވެ. އޭދަފުށީގެ ކޮވިޑް ކޭސްތަކާ ގުޅިގެން 40 ގެއެއް ވަނީ ކަރަންޓީނުކޮށްފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

އަލަށް ޕޮޒިޓިވްވި 5 މީހުންނާ ކޮންޓެކްޓްވި މީހުން ދެނެގަނެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. ނަތީޖާ ނުލިބޭ 78 ސާމްޕަލެއް ވާމެކަމަށް އޭދަފުށީ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

އޭދަފުށީން މިމަހުގެ 19 ވަނަ ދުވަހު ކޮވިޑްގެ ކޭސްތަކެއް ފެނުމާ ގުޅިގެން ރަށް ވްނީ މޮނިޓަރިން ހާލަތަށް ލެވިފައެވެ. ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެން ރަށް މޮނީޓަރިން ހާލަތުގައި ދެމިއޮންނާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ