ފަތުރުވެރިން ހިމެނޭހެން ރާއްޖެ އަންނަ ހުރިހާ ފަރާތްތަކުންވެސް ނެގަޓިވް ނަތީޖާ އޮތުން ލާޒިމުކޮށްފި

ޚަބަރު ފަހުގެ

ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން ހިމެނޭހެން ރާއްޖެ އަންނަ ހުރިހާ ފަރާތްތަކުންވެސް 96 ގަޑިއިރު ނުވާ ޕީސީއާރު ނެގަޓިވް ޓެސްޓް ރިޒަލްޓް ގެންނަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މަޖުބޫރުކޮށް އެކަން އިއުލާނު ކޮށްފިއެވެ.

އެގޮތުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވާފައިވާ އެންގުމެއްގައި ބުނެފައިވަނީ 03 މެއި އިން ފެށިގެން، ވަކި ގޮތެއް އަންގަންދެން، ފަތުރުވެރިންނާއި، ކޮވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން ހިމެނޭގޮތަށް، ދިވެހިރާއްޖެއަށް އަންނަ ހުރިހާ ފަރާތްތަކުން 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާއާއެކު ދަތުރުކުރުމަށް އަންގާކަމަށެވެ. މީގެ ތެރޭގައި އެއް އަހަރުން ދަށުގެ ކުޑަކުދިން ނުހިމެނޭ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ފިޔަވަޅު ތަންފީޒު ކުރުމުގައި ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފުލުހުންނާއި ކަމާބެހޭ އެހެން މުވައްސަސާތަކަށް އަންގަވާފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މީގެކުރިން އޮންނަ ގޮތުންނަމަ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކުން ރާއްޖެ އައުމަށް ނައްސި ޕީސީއާރް ޓެސްޓެއް ނަގާކަށް ނުޖެހެއެވެ.

ނަމަވެސް އަވައްޓެރި އިންޑިއާގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ އިންޑިއާ އިން އަންނަ މީހުން، ޕީސީއާރު ނައްސި ނަތީޖާއެއް ހުށަހަޅަންޖެހޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ