ހަނިމާދޫ ޑަބްލިއު.ޑީ.ސީ.ގެ ރައީސާއަކަށް ޝިއުނީ، ނައިބަކަށް ޖަޒުމިނާ

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ (ޑަބްލިއު.ޑީ.ސީ)ގެ ރައީސާއަކަށް ޢާއިޝަތު ޝިއުނީ އަދި ނައިބަކަށް ޖަޒުމިނާ މުހައްމަދު އައްޔަން ކޮށްފިއެވެ.

މިއަދު ހަނިމާދޫ ކައުންސިލުގައި ކުރިއަށްގެންދިޔަ ޑަބްލިއު.ޑީ.ސީ ގެ ފުރަތަމަ ޖަލްސާގައި އެ ކޮމެޓީގެ ރައީސާ ކަމަށް ކުރިމަތިލާން ހުށައެޅުމުން 3 ފަރާތެއް ކުރިމަތިލިއެވެ. އެ ތިން ފަރާތަކީ ފާޠިމަތު އަޙްމަދު، ޢާއިޝަތު ޝިއުނީ، އަދި ޢާއިޝަތު ޤާސިމްއެވެ.

އިޝްތިހާރު
އިޝްތިހާރު

ފާޠިމަތު އަޙްމަދު އަދި ޢާއިޝަތު ޤާސިމް ދެބޭފުޅުންނަށް 1 ވޯޓް ލިބުނުއިރު ޢާއިޝަތު ޝިއުނީއަށް ވަނީ 3 ވޯޓް ލިބިފައެވެ.

ރައީސާ ހޮވުމަށްފަހު ނައިބުކަމަށް ކުރިމަތިލާން ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލީ ހަމައެކަނި ޖަޒުމިނާ މުހައްމަދު އެވެ. އޭނާ ނައިބަކަށް ހޮވުނީ ކޮމެޓީގެ ހުރިހާ މެންބަރުންގެ ރުހުމާއެކުއެވެ.

ޑަބްލިއު.ޑީ.ސީ.އަށް ހޮވިފައި ވަނީ އެމްޑީޕީގެ 4 މެންބަރުންނާއި އަމިއްލަގޮތުން ވާދަކޮށްފައިވާ ފާޠިމަތު އަޙްމަދު އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ