ކޮވިޑުގައި ހޯމަ ދުވަހު 13 މަރު، ޖުމްލަ 142ށް

ޚަބަރު ފަހުގެ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން ހޯމަ ދުވަހު އިތުރު ތިން މީހަކު ނިޔާވެ، ޖުމްލަ އަދަދު 13ށް އަރައިފިއެވެ.

އެޗްޕީއޭއިން ބުނީ މިރޭ 10:20ހާއިރު އައްޑޫ ކޮވިޑް-19 މެނޭޖްމަންޓް ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް 83 އަހަރުގެ ދިވެހި ފިރިހެނެއް ނިޔާވެފައިވާ ކަމަށެވެ. އެއީ 140 ވަނަ މަރެވެ. މީގެ އިތުރަށް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް އުމުރުން 80 އަހަރުގެ ދިވެހި އަންހެނެއް ހޯމަ ދުވަހުގެ 11:27ގައި ނިޔާވެފައިވާއިރު، 11:30ގައި 58 އަހަރުގެ ދިވެހި ފިރިހެނެއް ވެސް ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީން ނިޔާވެފައެވެ. މި ތިން މަރާއި އެކު ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ 142ށް އަރާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ހޯމަ ދުވަހު މަރުވި މީހުންގެ ތަފުސީލު:

  1. ފަތިހު 2:02 ގައި/ 81 އަހަރުގެ ދިވެހި ފިރިހެނެއް
  2. ފަތިހު 4:25 ގައި/ 58 އަހަރުގެ ދިވެހި ފިރިހެނެއް
  3. ފަތިހު 3:18 ގައި/ 77 އަހަރުގެ ދިވެހި ފިރިހެނެއް
  4. ހެނދުނު 6:55 ގައި/ 93 އަހަރުގެ ދިވެހި ފިރިހެނެއް
  5. ހެނދުނު 7:44 ގައި/ 85 އަހަރުގެ ދިވެހި ފިރިހެނެއް
  6. ހެނދުނު 11:05 ގައި/ 87 އަހަރުގެ ދިވެހި ފިރިހެނެއް (ޅ. ހިންނަވަރުން)
  7. މެންދުރު 2:35 ގައި/ 78 އަހަރުގެ ދިވެހި ފިރިހެނެއް
  8. މެންދުރު 2:50 ގައި/ 78 އަހަރުގެ ދިވެހި އަންހެނެއް
  9. އިރުއޮއްސި 6:48 ގައި/ 41 އަހަރުގެ ދިވެހި އަންހެނެއް
  10. ރޭގަނޑު 7:53 ގައި/ 86 އަހަރުގެ ޖަޕާނު ފިރިހެނެއް
  11. ރޭގަނޑު 10:20 ގައި/ 83 އަހަރުގެ ދިވެހި ފިރިހެނެއް (އައްޑޫ ސިިޓީ)
  12. ރޭގަނޑު 11:27 ގައި/ 80 އަހަރުގެ ދިވެހި އަންހެނެއް
  13. ރޭގަނޑު 11:30 ގައި/ 58 އަހަރުގެ ދިވެހި ފިރިހެނެއް
ވެބްސައިޓަށް ޒިޔާރަތް ކުރުމަށް ފިތަލާ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ