ހަނިމާދޫ މަގުތަކުގައި ތާރު އެޅުމުށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަގުތަށް އެއްވަރުކުރުމުގެ %52 ނިމިއްޖެކަމަށް އެމް.ޓީ.ސީ.ސީން ބުނެފިއެވެ.
އެމް.ޓީ.ސީ.ސީ ގެ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވާގޮތުން ހަނިމާދޫގައި މަގު ހެދުމުގެ މަޝްރޫޢުގައި މިހާރު ކުރިޔަށްދަނީ މަގުތައް އެއްވަރުކުރުމުގެ މަސައްކަތްކަމަށާއި، މި މަސައްކަތުގެ %52 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ޕޭވަންޓް ގައު އެތުރުމުގެ %82 ޕަސެންޓް ވަނީ ނިމިފައެވެ. ތާރު އެޅުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ފެންހިންދުމަށް ބޭނުންވާ ޓޭންކުތަކާއި، ކޭބަލް ޖަންކްޝަން ހޮޅިތައް ވަނީ މި މަޝްރޫޢުއަށް ބޭނުންވާ ވަރަށް އަޅާނިމިފައި ކަމަށްވެސް މި ޕޯސްޓުގައި ބުނެފައިވެއެވެ.
މި މަޝްރޫޢުގައި ހަނިމާދޫގެ މައި މަގުތަކުގައި ތާރު އަޅާނެކަމަށާއި، ޖުމްލަ 38916 ސްކެއަރ މީޓަރ ތަރައްޤީ ކުރާނެކަމަށާއި، 16518 ސްކެއަރ މީޓަރ ޕޭވްމަންޓްގެ ގޮތުގައި ތަރައްޤީ ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ވާރޭ ވެހޭއިރު ފެން ހިންދާނެ ނިޒާމެއްވެސް ޤާއިމުކުރެވޭނެ ކަމަށް މި ޕޯސްޓްގައި ބުނެފައިވެއެވެ. މި މަޝްރޫޢުގެ ދަށުން 19679 ސްކެއަރ މީޓަރު، ކޭބަލް ޖަންކްޝަންތަކާއި، މަގު ބައްތި ޖެހުމަށާއި، މަގު ތަކުގައި ބަހައްޓާ އެކި ކަހަލަ ނިޝާންތަކާޢި، ފާހަގަތަކަށް ޚާއްސަ ކުރެވިފައިވާކަމަށް މި ޕޯސްޓުގައި ބުނެފައިވެއެވެ.
ޖުމްލަ 46.7 މިލިއަން ރުފިޔާގެ މި މަޝްރޫޢު 204 ދުވަހުން ނިންމުމަށް އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްފައިވަނީ 22 މެއި 2019 ގައެވެ. އަމަލީ މަސައްކަތް ފަށާފައިވަނީ 15 ޖޫން 2019 ގައެވެ.
