ހަނިމާދޫ ހޮސްޕިޓަލް އަޅަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން،(އާރްޑީސީ)ށް 104،834،778.55 ރުފިޔާއަށް ރޭ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޝަރީފްއެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނަރަލް ރިޓަޔަރޑް ޢަލީ ޒުހެއިރުއެވެ.
މީގެ އިތުރުން އދ. މާމިގިލީ ހޮސްޕިޓަލް އެޅުމަށާއި، ކ. ގާފަރު ޞިއްޙީ މަރުކަޒު އަޅަން ވެސް ރޭ އާރުޑީސީ އާއި ވަނީ ހަވާލުކޮށްފައެވެ.
އަދި ތ. ވިލުފުށި ހޮސްޕިޓަލާއި، ވ. ފެލިދޫ ހޮސްޕިޓަލް އަދި ށ. މާއުނގޫދޫ ސިއްޙީ މަރުކަޒާއި، ނ. ފޮއްދޫ ސިއްޙީ މަރުކަޒު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޢަބްދުﷲއެވެ. އަދި ކޮންޓްރެކްޓަރ އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.
މީގެ އިތުރުން ހދ. މަކުނުދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙުމަދު ޤާސިމްއެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާހްއެވެ.
މަސައްކަތް ހަވާލުކުރި ފަރާތްތައް އަދި އަގުތައް
* ހދ. ކުޅުދުއްފުށީ ސިޓީގައި ޢިމާރާތް ކުރާ ދަމަނަވެށި
ޕްރޮޖެކްޓުގެ އަގު: 23،113،061.08ރ
ކޮންޓްރެކްޓަރ: ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
* ކ. ގާފަރު ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 26،819،434.82ރ
ކޮންޓްރެކްޓަރ: ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
* އދ. މާމިގިލީ ހޮސްޕިޓަލް ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 105،004،634.47ރ
ކޮންޓްރެކްޓަރ: ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
* ނ. ފޮއްދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 26،878،072.40ރ
ކޮންޓްރެކްޓަރ: މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
* ށ. މާއުނގޫދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 27،219،325.40ރ
ކޮންޓްރެކްޓަރ: މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
* ވ. ފެލިދޫ ހޮސްޕިޓަލް ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 105،360،655.93ރ
ކޮންޓްރެކްޓަރ: މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
* ތ. ވިލުފުށި ހޮސްޕިޓަލް ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 105،132،701.20ރ
ކޮންޓްރެކްޓަރ: މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
* ހދ. މަކުނުދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 103،595،304.83ރ
ކޮންޓްރެކްޓަރ: ފެނަކަ ކޯޕަރޭޝަން ލިމިޓެޑް