ރާއްޖެއަށް އެތެރެކުރަން އުޅުނު 3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

ޚަބަރު ފަހުގެ

ކަނޑުގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ވިދާޅުވީ މިދިޔަ ބުދަދުވަހު ކަނޑުމަގުން ރާއްޖެއައި ޝިޕްމަންޓެއް ބަލާ ފާސްކުރުމަށް މިއަދު ފަތިހު ހިންގި އޮޕަރޭޝަނެއްގައި ބަރުދަނުގައި ޖުމްލަ 3.534 ކިލޯ ގްރާމް ހުރި މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިގޮތުން އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 1086 ގްރާމް ކެޓަމިން އާއި 2138 ގްރާމް މެތަމްފެޓަމިން އާއި 310 ގްރާމް ހެރޮއިން ކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ. އަދި އަތުލައިގަތް މިމަސްތުވާތަކެތި މަގުމަތީ އަގު ގާތްގަނޑަކަށް 6.7 މިލިއަން ރުފިޔާއަށް އަރާކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވިއެވެ.

މިމައްސަލަ އިތުރަށް ތަޙުޤީޤުކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކުރައްވާފައިވާ ކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ