ހަނިމާދޫ ލޭންޑްޔޫސް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފި

ހަނިމާދޫ ޚަބަރު ފަހުގެ

2021 ވަނަ އަހަރުން ފެށިގެން ކުރިއަށް އޮތް 25 އަހަރަށް އެކުލަވާލެވޭ ހދ. ހަނިމާދޫގެ ލޭންޑްޔޫސް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިއަދު އެ ރަށު ކައުންސިލުން އިޢުލާނުކޮށްފިއެވެ

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 11 އޯގަސްޓު 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން ‘ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމު’ ފުރިހަމަކޮށް، ހދ. ހަނިމާދޫ ކައުންސިލަށް އީމެއިލް މެދުވެރިކޮށް، ނުވަތަ ކައުންސިލް އިދާރާއަށް ވަޑައިގެން ހުށަހެޅުއްވުމަށް އެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ. 

އިޝްތިހާރު
އިޝްތިހާރު

ހަމައެއާއެކު، އަންދާސީ ހިސާބު ހުށަހެޅޭނީ މަތީގައި ދެންނެވި މުއްދަތުގެ ތެރޭގައި ‘ބީލަމުގައި ރަޖީސްޓްރީ ވުމަށް އެދޭ ފޯމު’ ފުރިހަމަކޮށް ފޮނުވާފައިވާ ފަރާތްތަކަށް ކަމަށާއި، ‘ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމު’ ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކަށް މި މަސައްކަތުގެ މަޢުލޫމާތު ޝީޓު ފޯރުކޮށްދެވޭނެކަމަށްވެސް އެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ. 

މި މަސައްކަތުގެ ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 19 އޯގަސްޓު 2021 ވާ ބުރާސްފަތި ދުވަހުގެ 10.00 ގައި ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ