ރޭޕް ކުރީތަ؟ ކުރިން އެ ވާހަކަ ނުދެއްކީ ކީއްވެ؟

އަދަބިއްޔާތު އިޖުތިމާޢީ ފަހުގެ

ތެދެކެވެ. ކޮންމެ މީހެއްގެ މާޒީތެރޭގައި އަޑަށް ބާރުލާ ނުދެއްކޭނެ އެތައް ވާހަކަތަކެއް ވާނެކަން ޔަޤީނެވެ. ހިއްސާކުރަންދަތި އެތައް ކަމެއްވާނީ ކުރިމަތި ވެފައެވެ. ނަފްސާނީ ގޮތުންނެވެ. ޖިސްމާނީ ގޮތުންނެވެ. ޖިންސީ ފުރައްސާރައިންނެވެ. އާނއެކެވެ.! ބައެއް މީހުންނަށް އާއިލާތެރެއިންނެވެ. އަނެއް ބަޔަކަށް ލޯބިވެރިޔާގެ ފަރާތުންނެވެ. ކޮންމެ ކަމަކަށް ހާލަތަކާއި ވަގުތެއް ވެއެވެ. އެކަން ބިނާވެގެންވަނީ ކަމުގެ ބޮޑު ކުޑަ މިނަށްށެވެ.

މިފަދަ ވާހަކަތައް ސިއްރުކުރަން މަޖުބޫރު ކުރުވަނީއެވެ. ގިނަބަޔަކަށް އަމިއްލަ ނަފްސު އެއްބާރުލުން ނުދެނީއެވެ. ޖަވާބު ބޭނުންވާ އެތައް ސުވާލެއް ބޮލުތެރޭގައި ދައުރުވަމުން ދެއެވެ. އަހަރެންގެ ވާހަކަ އެހެން މީހުން ޤަބޫލު ކުރާނެތަ.؟ އަހަރެންނާ ދޭތެރޭ އެމީހުން ދެކޭނީ ކިހިނެތް.؟ މިކަމުގެ ސަބަބުން ދެންވާނީ ކިހިނެތް.؟ ތި ޙިޔާލު ދޫކޮށްލާށެވެ. އަވަހަށް ހިއްސާކުރާށެވެ. ހިތާ ދެކޮޅަށް ނަމަވެސްމެއެވެ.

އިޝްތިހާރު
އިޝްތިހާރު

ރޭޕް ކުރިއިރު އެއްވެސް އަނިޔާއެއްވެސް ނުވޭތަ.؟ ލަކުނެއްވެސް ނެތީތަ.؟ އަނިޔާއަކީ ހަމައެކަނި އަތުން ކުރެވޭ އެއްޗެއް ނޫނެކެވެ. ދުލުން ބޭރުވާ ބަހަކުންވެސް އަނެކާއަށް އަނިޔާ ވެދާއެވެ. ކުރެވޭ ކަމަކުންވެސް އަނެކާއަށް އަނިޔާ ވެދާނެއެވެ. ނުރުހުމުގައި އަނެކާގެ ޖިންސީ ގުނަވަންތަކުގައި އަތްލުމަކީވެސް އަނިޔާއެކެވެ. ކޮންމެ އަނިޔާއަކީ ބޭރުފުށުން ލަކުނު ލާނެ އަނިޔާއަކަށް ނުވެދާނެއެވެ.

ހައްޤުތަކުގެ ވާހަކަ ނުދައްކާށެވެ. އިންސާފުގެ ވާހަކަވެސް ނުދައްކާށެވެ. އެންމެން މަގުމައްޗަށް ނިކުމެ މި ކިޔާ ތަފާތު ކުރުމުގެ ވާހަކަތައްވެސް ހުއްޓާލާށެވެ. މިތާ އޮތީ ދެރަ މީހުންނަށް ދެރަ ގޮތެވެ. އަބަދުވެސް އުފަލުގައި އުޅޭނީ ފޯރާ ނަން ހިނގާ މުއްސަނދި މަހުޖަނުންނެވެ. ނިކަމެތިންގެ ހައްޤުތަކެއް ނުހުރެއެވެ. ވިސްނާށެވެ. އިހުމާލެއްގެ ފަހަތުގައި އަނިޔާއެއް ވާނެއެވެ. ހަޤީޤަތާއި ކުރިމަތިލާށެވެ. އެދުވަހު ސުވާލު ކުރެވޭނީ ބެންކް އެކައުންޓުގައި ހުރި ފައިސާއާ ބެހޭ ގޮތަކުން ނޫނެކެވެ.! މީހާގެ މަޤާމާއި ގުޅޭ ގޮތަކުން ނޫނެކެވެ.!

“އެނގޭ ހެއްޔެވެ.؟ އަތުން ކުރާ އަނިޔާގެ ސަބަބުން ލިބޭ ވޭން ފިލައިގެން ހިނގާ ދާނެއެވެ. ނަމަވެސް ހިތަށް ކުރާ އަނިޔާގެ އަސަރު ދާއިމީ ވޭނަކަށް ވެގެންވެސް ހިނގައި ދާނެއެވެ. “

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ