އަފްޣާނިސްތާނުގައި ރައްޔިތުން އިންތިޚާބު ކުރާ ސަރުކާރެއް އޮންނަންޖެހޭ: ރައީސް

ޚަބަރު ފަހުގެ

އަފްޣާނިސްތާނުގައި ރައްޔިތުން އިންތިޚާބު ކުރާ ސަރުކާރެއް އޮތުން މުހިންމުކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

އދ. ގެ ޢާންމު މަޖިލީހުގެ 76 ސެޝަނުގައި މިއަދު ތަޤްރީރު ކުރައްވަމުން ރައީސް ވިދާޅުވީ، ދެކުނު އޭޝިއާގެ އަވަށްޓެރި ޤައުމެއްގެ ހައިސިއްޔަތުން އަފްޣާނިސްތާނުގެ މިއަދުގެ ހާލަތާމެދު ދިވެހިން ކަންބޮޑުވާ ކަމަށެވެ. އަދި އެ ޤައުމުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރަން ދިވެހިން ބޭނުންވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ހަމައެހެންމެ އަންހެނުންނާއި، އަންހެން ކުދިންގެ ޙައްޤުތަކާއި، ސަލާމަތާއި، ހިމާޔަތް އެ ޤައުމުގައި އޮތުމަށް ވެސް އެދޭ ކަމަށެވެ.

”މި ކަންކަން ހިފެހެއްޓި ކަށަވަރުވެފައި އޮތުމަށްޓަކައި، ރައްޔިތުން އިންތިޚާބު ކުރާ ސަރުކާރެއް، އެ ޤައުމުގައި އޮތުން މުހިންމު. މި މަގުން ގޮސް އަފްޣާނިސްތާނަކީ ދުނިޔޭގެ ޤައުމުތަކާއި ގުޅުން ބަދަހި، ހުރިހާ މާނައެއްގައި ކުރިއަރައިދާ ސުލްހަވެރި، އަމާން ޤައުމަކަށް ވެވިދާނެ.“ ރައީސް ވިދާޅުވިއެވެ.

20 އަހަރު ފަހުން ޠާލިބާނުން ވަނީ އަފްޣާނިސްތާނުގެ ވެރިކަން އަލުން ހޯދައި، ވަގުތީ ސަރުކާރެއް އެކުލަވާލައިފައިވާއިރު، އެ ޤައުމުގެ ރައްޔިތުންގެ ޙައްޤުތައް ލިބުމަށް ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. ޚާއްސަކޮށް ޠާލިބާނުން ދަނީ އަންހެނުންގެ ޙައްޤުތައް ހަނިކުރަމުންނެވެ. ޠާލިބާނުން އަފްޣާނިސްތާނުގެ ކާބުލް ހިފީ އޮގަސްޓު 16 ގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ