ހަނިމާދޫ ކައުންސިލުން ގާއިމުކުރާ ޕޭރެންޓްހިޔާގެ ބެންޗުތައް ނިންމާ ކައުންސިލާ ހަވާލު ކޮށްފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ކައުންސިލުން ގާއިމުކުރާ ޕޭރެންޓްހިޔާގެ ބެންޗުތައް ނިންމާ ކައުންސިލާ މިއަދު ހަވާލު ކޮށްފިއެވެ. މި ބެންޗުތައް ތައްޔާރު ކޮށްފައިވަނީ ބީތްރީ ކޮންސްޓްރަކްޝަން ކޮމްޕެނީގެ ފަރާތުނެވެ.

ހަނިމާދޫ ކަައުންސިލްގެ ބަޖެޓުން 133،000 ( އެއްލަކަށް ތިރީސް ތިންހާސް) ރުފިޔާ ހަރަދުކޮށްގެން ހަދަން ހަވާލުކުރި 20 ކުޑަ ބެންޗާއި 10 ބޮޑު ބެންޗު އަދި 3 ޓޭބަލް މޭޒު ބީތްރީ ކޮންސްޓްރަކްޝަން ކޮމްޕެނީގެ ފަރާތުން ނިންމާލީ އެގުރިމަންޓްގައި ވާ ތާރިހްގެ ތެރޭގައެވެ.

އިޝްތިހާރު
އިޝްތިހާރު

މި މަސައްކަތާ ގުޅޭ ގޮތުން ގޮށްކޮޅަށް މައުލޫމާތު ހިއްސާކުރަމުން ބީތްރީ ކޮންސްޓްރަކްޝަން ކޮމްޕެނީގެ މެންޑީ އިދުރީސް އަބުދު ﷲ ވިދާޅުވީ އަބަދުވެސް ބަލަނީ ހަވާލުވާ މަސައްކަތްތައް ސުންގަޑީގެ ކުރިން ނިންމުމަށް ކަމަށާ، މި މަސައްކަތް ވެސް ކަނޑައެޅިފައިވާ ތާރިހަށް ނިންމާލެވުނީ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށެވެ.

” އަޅުގަނޑުމެން މަސައްކަތް ފެށި ފަހުން ކައުންސިލުން އެދުނު ބަދަލުތައް ވަނީ އަޅުގަނޑުމެން ގެނެސްދީފައި، އެކަން ކަމަށް އިތުރު ޗާޖެއްވެސް އަޅުގަނޑުމެން ނުކުރަން ” އިދުރީސް އަބުދު ﷲ ވިދާޅުވީއެވެ.

ފޮޓޯ : ބީތްރީ

ބީތްރީ ކޮންޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަކީ 07 އޮކްޓޯބަރ 2008 ވަނަ އަހަރު ރަޖިސްޓަރީ ކުރެވި ހަނިމާދޫގެ ގެދޮރު އިމާރާތް ކުރުމުގެ ދާއިރާގައި ފުޅާދާއިރާއެއްގައި މަސައްކަތް ކުރަމުންދާ ކުންފުންޏެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ