ކުރު ވާހަކަ: ކައިވެނީގެ ރަން ޔޫބިލީގެ ވާހަކައެއް

އިޖުތިމާޢީ ވާހަކަ ފަހުގެ

(ނޯޓު: މިއީ، ކުޑަ ބަދަލަކާއެކު، ރާއްޖޭގައި ހިނގި ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ކުރު ވާހަކައެކެވެ. އާދެ، މިވެސް ހަމަ ވާ ގޮތް ގޮތެވެ! ދިމާވާ ކަންކަމެވެ!)

ކައިވެނިކޮށްގެން، ވަރަށް ވެސް ލޯބިން އުޅެ، އުފާވެރި ޒަވާޖީ ހަޔާތެއް ހޭދަކުރަމުން ދިޔަ ދެމަފިރިންގެ ކައިވެނީގެ ރަން ޔޫބިލީ ފާހަގަކުރިއެވެ. ޕާޓީގައި، ބައިވެރިވި އެންމެ އެނބުރި ދިޔުމުން، ފިރިމީހާ ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

މިއީ ވަރަށް ވެސް އުފާވެރި ދުވަހެކެވެ. ނަމަވެސް، މިފާއިތުވެ ދުވަސްތަކުގައި އަހަރެންގެ ހިތުގައި އުފެދިފައި އޮތް ސުއާލެއް އެބަ އޮތެވެ. އަދި، މިއަދު، ޖެހިލުންވެ ހުރެވެސް، އެ ސުއާލު ކަމަނައާ ކޮށްލާ ހިތްވެއެވެ. އެއްޗެކޭ ހީ ނުކުރުން އެދެމެވެ. އެ ސުއާލުގެ ޖަވާބު ކޮންމެ ގޮތަކަށް ކަމަނަ ދިން ކަމުގައި ވިޔަސް، ކަމަނައާ އެކު އަހަރެން ހޭދަކުރި އުފާވެރި ދުވަސްތައް ކިލަނބުވާ ގޮތެއް ނުވާނެއެވެ. އަދި، އަހަރުމެންގެ ލޯތްބަށް އެއްވެސް ބަދަލެއް، ހީނަރު ކަމެއް ވެސް ނާންނާނޭއެވެ.

“އެންމެ ރަނގަޅެވެ!” އޭނާގެ ދުވަސްވީ އަނބި މީހާ ބުންޏެވެ. ބޭނުން ސުއާލެއް ކުރާށެވެ. ހަމަ ސީދާ ތެދަށް ޖަވާބު ދޭނަމެވެ.

“އަހަރުމެންގެ ދިހަ ވަނަ ސޮރު، އެހެން ހުރިހާ ކުދިންނާ ތަފާތު ނޫން ހެއްޔެވެ؟ ހަމުގެ ކުލައާއި މޫނުގެ ބައްޓަން ވެސް ތަފާތު ނޫން ހެއްޔެވެ؟ ޒުވާން އިރުގައި ބޯޓު ދަތުރުކުރާށާއި ރިސޯޓުތަކުގައި މަސައްކަތްކުރަން ރަށުން ބޭރުގައި، ކަލާއާއި ދުރުގައި، އަހަންނަށް ވެސް، އުޅެން ޖެހުނު ނޫން ހެއްޔެވެ؟ އެހެންވީމާ ނުކިއްސަރު ފިޔަވަޅެއް ވެސް ކަމަނައަށް ވެސް އެޅިފައި އޮވެދާނެ ނޫން ހެއްޔެވެ؟ އަޅެ ނިކަން ބުނެބަލާށެވެ؟ އެ ސޮރުގެ ބައްޕައަކީ ހަމަ އެހެން ކުދިންގެ ވެސް ބައްޕަ ހެއްޔެވެ؟”

ކުޑަކޮށް އިސްދަށަށް ޖަހައިގެން، މަޑުޖައްސާލައިގެން، އިނދެފައި، ލަސްލަހުން، މަޑު މަޑުން އަނބި ކަނބުލޭގެ ބުންޏެވެ. ނޫނެކެވެ! އެ ސޮރުގެ ބައްޕައަކީ އެހެން މީހެކެވެ!”

ހީކުރި ވަރަށް ވުރެ މާބޮޑަށް ވެސް ފިރިމީހާއަށް އަސަރުކުރިއެވެ. ހަގު ސޮރުގެ ބައްޕަ ތަފާތުވީމައެވެ. ނަމަވެސް، ހަގު ސޮރުގެ ބައްޕައަކީ ކޮބައިތޯ އޮޅުން ފިލުވާލާ ހިތްވެސް ވިއެވެ. އެހެންވެ، އަނެއްކާ ވެސް ވަރަށް ހިއްވަރުކޮށްފައި އަހާލިއެވެ. “އެ ސޮރުގެ ބައްޕައަކީ ކާކު ހެއްޔެވެ؟”

ޖަވާބުގައި އަނބި މީހާ ބުންޏެވެ. “ކަލާއެވެ!”

އެހިސާބުން ފިރިމީހާ ހޭނެތިގެން ވެއްޓުނެވެ!

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ