ޗައިނާގެ އައު އަހަރުގެ ތަޙުނިޔާ ރައީސް ފޮނުއްވައިފި

Uncategorized

ޗައިނާގެ އައު އަހަރުގެ މުނާސަބަތުގައި އެޤައުމުގެ ވެރިންނަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޙްނިޔާ ފޮނުއްވައިފިއެވެ.

ޗައިނާގެ އައު އަހަރުގެ ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓްގައި ވަނީ އައު އަހަރާއެކު އެޤައުމުގެ ރައްޔިތުންނަށް އުފާވެރި ދުވަސްތަކަކަށް އެދޭކަމަށް ވިދާޅުވެފައެވެ. އަދި އައު އަހަރަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ އަހަރަކަށް ވާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޗައިނާގެ އައު އަހަރުގެ ތަހުނިޔާ ރައީސް ފޮނުއްވާފައިވާއިރު، ޗައިނާގެ ރައީސް ޝީ ޖިން ޕިންގ ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ދާދި ފަހުން މެސެޖެއްވެސް ފޮނުއްވާފައެވެ.

ޝީ ޖިންޕިން ފޮނުއްވި މެސެޖުގައި ޗައިނާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަކީ ޗައިނާއިން ވަރަށް ބޮޑު އިސްކަމެއްދެއްވާކަމެއްކަމަށް ވިދާޅުވިއެވެ. އަދި ރައީސް ޞާލިހުގެ ޒައާމަތުގައި މި ގުޅުން އިތުރަށް ބަދަހިކޮށް، ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތަކެއް ގުޅިގެން ކުރަން ތައްޔާރަށް ހުންނެވިކަމަށްވެސް ޗައިނާގެ ރައީސް ޝީ ޖިން ޕިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ފޮނުއްވި މެސެޖުގައި ވިދާޅުވިއެވެ.

ޗައިނާއާ އެކު ރާއްޖެއިން ބާއްވާ ހާރިޖީ ގުޅުމަށް މިއަހަރު 50 އަހަރު ފުރޭނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ